ޚަބަރު ފީތާ

ފްލެޓް ލިބުނު ފަރާތްތަކުން ތައްޔާރުކުރި ޕެޓިޝަނެއް ޖޫން 1 ގައި ހުށަހަޅަން ތައްޔާރުވެއްޖެ

ފްލެޓް ލިބުނު ފަރާތްތަކުން އިސްނަގާގެން ފްލެޓް ލިބުނު ފަރާތްތަކުގެ ޙައްޤުތަކަށް ވަކާލާތުކޮށް ވަނީ ޕެޓިޝަނެއްތައްޔާރު ކޮށްފި އެވެ.

01 ޖޫން 2021 ގެ ކުރިން ދައުލަތުގެ ކަމާއި ގުޅޭ އިދާރާތަކަށް ފޮނުވުމަށް ތައްޔާރުވަމުންދާ މި ޕެޓިޝަނުގައި ފްލެޓް ލިބުނު ހުރިހާ ފަރާތްތަކުންވެސް ސޮއި ކުރުމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ލީޑަރުން ގެންދަވަނީ އިލްތިމާސްކުރަމުންނެވެ.

ފްލެޓްތަކަށް އަވަހަށް ވަދެވޭނެ އިންތިޒާމްތަކާއި ފްލެޓްގެ ކުލީގެ ކަންކަން އަތްފޯރާ އަގަށް ތިރިކުރުމުގެ އިތުރުން ދިރާސީ އަހަރާއެކު ފްލެޓް ތަކަށް ބަދަލުވާ ޢާއިލާތަކުގެ ދަރިވަރުންގެ ސްކޫލް މަދުރަސާ ތަކުގެ އިންތިޒާމްތަށް ފަހިކޮށް ދެއްވުމަށް މި ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ.
ކޮވިޑްގެ ނުރައްކަލާއެކު އެޗް.ޕީ.އޭ ގެ ފިޔަވަޅުތަށް ވަރުގަދަކުރުމުން ފިޒިކަލް ސޮއި ހޯދުމަށް ދަތިތަށް ކުރިމަތިވުމާއެކު ޢާއިލާތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައި ގޭގައި ތިއްބަވައިގެން ސޮއި ކުރެވޭނޭ ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޕެޓިޝަނުގައި އޮންލައިން ކޮށް ސޮއި ކުރުމުގެ އިންތިޒަމްތަށްވެސް މިހާރުވަނީ އިންތިޒާމްކުރެވިފައެވެ.

ހިޔާ ފްލެޓްތަށް ލިބުނު ފްލެޓް ތަކުގެ ޙައްޤުވެރީންގެ ޙައްޤުތަށް ހޯދާދިނުމަށް އިސްނަގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ އެދުމަކީ ތިރީގައިވާ ޕެޓިޝަންގެ ލިންކް ބޭނުންކޮށް ވީހާވެސް ގިނަ ފަރާތްތަކުން ޕެޓިޝަނުގައި ސޮއި ކުރެއްވުމެވެ. އަދި މިކަމަކީ ސިޔާސީ ކަމެއްގެ ގޮތުގައި އެއްވެސް ފަރާތަކުން ނުދުށުމަށް އެފަރާތްތަކުން އިލްތިމާސްކުރެއެވެ.

މިކަމަށް އިސްނަގާފައިވާ ފަރާތްތަކަކީ އިޖުތިމާއީ ކަމެއްގެ ގޮތުގައި މިކަން ކުރިއަށް ގެންދަވާ ފަރާތްތަކެކެވެ. އަދި މީގެ ތެރެއިން ބައެއް ފަރާތްތަކަކީ އިޖުތިމާޢީ ޚިދުމަތުގައި ރާއްޖޭގައި ތަފާތު ދާއިރާތަކުން ޚިދުމަތްކުރައްވާ ފަރާތްތަކެއްކަންވެސް ފާހަގަ ކޮށްލަމެވެ.

https://form.jotform.com/211411359950048

Like
Like Love Haha Wow Sad Angry