ދުންފަތުގެ އިސްތިޢުމާލު ކުރާނަމަ ބޮލުން އިސްތަށިފޭބުން އަވަސް – ދިރާސާ

ދުންފަތުގެ އިސްތިޢުމާލު ނުކުރާމީހުންނަށްވުރެ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ބޮލުން އަވަހަށް ފަތްވެރޭ ކަމަށް ދިރާސައަކުން ދައްކައިފިއެވެ.

ދުނިޔޭގެ ސައިންސްގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު ސައިންސް ޑެއިލީ ގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ދުންފަތު އިސްތިއުމާލު ކުރާ މީހުންނާއި ނުކުރާ މީހުންގެ މެދުގައި ކުރެވުނު މި ދިރާސާއިން ދައްކާގޮތުގައި ދުންފަތުގެ އިސްތިޢުމާލުކުރާ 85 އިންސައްތަ މީހުންގެ ބޮލުން ، އެމީހުންގެ ޢުމުރުން 50 އަހަރު ވުމުގެ ކުރިން ފަތްކޮޅު ފައިބާ ހުސްވާ ކަމުގައެވެ.

އިޝްތިހާރު Below Header ad

ދިރާސާގައި ސުވާލުކުރެވުނު މީހުންގެ ތެރެއިން ވަކިން ޚާއްޞަކޮށް ކަންކަމުގައި ބޮޑަށް ވިސްނާ ( ސްޓްރެސް ހުންނަ ) މީހުންނާއި، ހަމައަށް ނިދިނުލިބޭ މީހުންގެ ބޮލުން މާއަވަހަށް ފަތްފައިބާ ކަމަށް މިދިރާސާއިން ދައްކާކަމަށް ވެސް ލިޔުމުގައި ބުނެފައިވެއެވެ.

ދުންފަތަކީ އޭގައި ވަރަށް ގިނަ ވިހަމާއްދާތައް އެކުލެވޭ ވަރުގަދަ ކެމިކަލަކަށް ވާތީ ދުންފަތް ބޭނުންކުރުމުން ދުރުހެލިވުމަށްވެސް އެލިޔުމުގައ ބާރުއަޅާފައިވެއެވެ. އެގޮތުން ދުންފަތް ބޭނުންކުރުން ހުއްޓާލަންވީ ހަމައެކަނި ބޮލުން ފަތްފައިބާތީ ނޫންކަމަށާއި، އޭގެ އިތުރުން ލޭގެ ކެންސަރާއި، ނޭވާލާ ނިޒާމަށް ޖެހޭ ބޮޑެތި ބަލިތަކުން ނާއި، ހިތުގެ ބަލިތަކުން ދުރުހެލިވުމަށްވެސް ދުންފަތް ބޭނުންކުރުން ހުއްޓާލުމަށް މިލިޔުމުގައި ބާރު އަޅާފައިވެއެވެ.

އަދި ދުންފަތް ބޭނުންކުރުމަކީ ހާރޓް އެޓޭކް ޖެހުމަށް މެދުވެރިވާސަބަބެއް ކަމަށާއި، ޢުމުރުގެ ހަގު ޢުމުރުގައި އެކަމުގެ ސަބަބުން ހަޓް އެޓޭކް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށްވެސް އެލިޔުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެލިޔުމުގައިވަނީ ސްޓްރޯކް ޖެހުމާއި ހިތް ހުއްޓުމާއި ނޭވާލާ ނިޒާމުގެ ބޮޑެތި ބަލިތަކާ ކެންސަރުގެ ގިނަ ވައްތަރުތަކުގެ އެންމެބޮޑު ސަބަބުކަމުގައިވާ ދުންފަތުގެ ސަބަބުން ދުނިޔޭގައި އަހަރަކު އެތަކެއް މިލިއަން މީހުން މަރުވާ ކަމަށެވެ.

މި ލިޔުމުގައިވާގޮތުން މި ދިރާސާއިން ދައްކާފައިވާ ފަދައިން ދުންފަތާ ދުރުހެލިވެ އުޅުމަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.