މާމިގިލީ މަގުތަކުގެ ސައިޑްވޯކް ޕޭވް ކުރުމަށް ޕޭވިން ބުލޮކްސް އެރަށަށް ގެންގޮސްފި
އދ. މާމިގިލީ މަގުތަކުގެ ސައިޑްވޯކް ޕޭވް ކުރުމަށް ބޭނުންވާ ޕޭވިން ބުލޮކްސް އެރަށަށް ގެންގޮސްފި އެވެ.
އެ މަސައްކަތް ކުރާ ކުންފުނި އާރްޑީސީ އިން ބުނީ މި ތަކެތި މިހާރުވަނީ އެރަށަށް ގެންގޮސް އަންލޯރޑް ކުރަމުގެ މަރުހަލާގައި ކަމަށެވެ.
މާމިގިލީ މަގުތައް ހަދަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ކަމަށާއި މިއީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢު ކަމަށް ވެސް އާރްޑީސީން ބުނެއެވެ. އަދި މި މަސައްކަތުގެ ދަށުން އެރަށުގެ 6 މަގެއްގައި 4.89 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ ކަމަށް ވެސް ބުންޏެވެ.
އެ ކުންފުނިން ބުނީ މަގުތައް ހަދަނީ ބޭނުންކުރަން ފަސޭހަ އަދި ފެންބޮޑުވުން ކުޑަވާނެގޮތްތަކަށް ފަރުމާކޮށްގެން ކަމަށާއި ވާރޭވެހުމުން ބިންގަނޑަށް ފެން ހިންދޭނެގޮތަށް ކަމަށެވެ.
މީގެ އިތުރުން ވާރޭވެހި ފެންބޮޑުވެއްޖެނަމަ ފެން ހިންދުމަށް ސްޓޯމް ވޯޓަރ ސިސްޓަމާއި ޕަމްޕް ސްޓޭޝަން ވެސް އެރަށުގައި ބަހައްޓާނެ ކަމަށެވެ.
14 މަސްދުވަހުން މަސައްކަތް ނިންމާގޮތަށް އެ މަސައްކަތް އާރްޑީސީ އިން މި މަޝްރޫޢު ކުރިއަށްގެންދަނީ ސަރުކާރުގެ ބަޖެޓުން 10މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނެވެ.
މިއީ 2020 ގެ ބަޖެޓުގައި ހިމަނައިގެން ފެށި މަސައްކަތެކެވެ.
އދ. މާމިގިލީ މަގުހެދުމުގެ މަޝްރޫއުގެދަށުން މަގުތަކުގެ ސައިޑްވޯކް ޕޭވް ކުރުމަށް ބޭނުންވާ ޕޭވިން ބުލޮކްސް އެރަށަށް ގެންގޮސް އަންލޯޑް ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދަނީ.#ޓީމްއާރުޑީސީ pic.twitter.com/5cWsFRsUwj
— Road Development Corporation Ltd (@rdcmaldives) May 24, 2021