ޚަބަރު ފީތާ

ކަސްޓަމްސް އިން 18 ކޭސް އޫރުމަސް ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން 18 ކޭސް އޫރުމަސް ނައްތާލައިފި އެވެ.
ކަސްޓަމްސް އިން ބުނީ އެތަކެތީގެ ބަރުދަނުގައި 138.14 ކިލޯ ހުރި ކަމަށެވެ. އަދި މިތަކެތި ނައްތާލާފައިވަނީ މި މެއި މަހުގެ 24 ވަނަ ތިލަފުށި ސައިޓްގައި ކަމަށް ވެސް ބުންޏެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ ޢާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމުގައިވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

Like
Like Love Haha Wow Sad Angry