އިޒްރާއީލު ސިފައިން ފަލަސްޠީން ޒުވާނެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

އިޒްރާއީލުން ގަދަކަމުން ހިފާފައިވާ އިރުމަތީ ޤުދުސްގައި އިޒްރާއީލްގެ 2 މީހެއްގެ ގަޔަށް ވަޅި ހެރި ކަމަށް ބުނެ، އިޒްރާއީލް ފުލުހުން ފަލަސްޠީން މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯއެއްގައި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އެއްވެސް ހަރަކާތެއް ނެތި މަގުމަތީގައި ވެއްޓިފައި އޮންނަތަން ފެނެއެވެ. މިކަމާއި ގުޅޭގޮތުން އިޒްރާއީލް ފުލުހުންގެ ތަރުޖަމާނު ބުނެފައި ވަނީ “ހަމަލާ ދިން މިހާ ގަޔަށް ބަޑި ޖަހައި މަރާލާފައިވާ” ކަމަށެވެ.
އިޒްރާއީލްގެ އެމްބިއުލަންސް ސާވިސްގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައި ވަނީ، އިޒްރާއީލްގެ 2 މީހަކަށް ހަމަލާ ދީފައިވާ ކަމަށާއި، އޭގެތެރެއިން އެކަކު ސީރިއަސް ނަމަވެސް ދެވަނަ މީހާއަށް ލިބިފައި ވަނީ އާދައިގެ ޒަޚަމެއް ކަމަށެވެ.
އިޒްރާއީލް އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި ވަޅިން ހަމަލާ ދީފައި ވާ ދެމީހުންގެ ތެރެއިން އެކަކަކީ ފުލުހުންގެ މީހެކެވެ. އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހަމަލާ ދިން ތަނުގައި އެމްބިއުލަންސްއިން އެ އޮފިސަރަށް ފަރުވާ ދީފައިވާ ކަމަށާއި އަދި އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ހަމަލާއަށް ފަހު އިޒްރާއީލުން ވަނީ ދިމިޝްޤު ގޭޓު ބަންދުކޮށް، އުމުރުން 45 އަހަރުން ދަށުގެ ފަލަސްޠީނު ކޮންމެ ޒުވާނެއް ބަލައި ފާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.