ޚަބަރު ފީތާ

މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކާފިއު ވަގުތު އިތުރު ކުރަނީ

މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކާފިއު ވަގުތު އިތުރު ކުރަން ނިންމައިފި އެވެ.

އެޗްއީއޯސީން މިހާރު ކުރިއަށް ގެންދާ ޕްރެސްގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ އެދުވަހުން ފެށިގެން ކާފިއު ގަޑިއަކީ ހަވީރު 4:00 އިން އިން ހެނދުނު 8:00 އަށް ކަމަށެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅުމަށް ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޭން ނިންމާފައިވާ ކަމަށެވެ.

ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވެސް ބޭރުގައި އުޅެވޭނީ އެގެޔަކަށް ދޫކުރާ ފާސް ހިފައިގެން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޑެލިވަރީ ކުރެވޭ ގަޑި ހެނދުނު 6:00 އިން މެންދަމު 12:00 އަށް ބަދަލުކޮށްފައިވާ ކަމަށާއި ކާފިއު ގަޑީގައި ތަންތަނަށް ވަދެ ވިޔަފާރިކުރާ ނަމަ 5000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ވެސް ބުންޏެވެ.

 

Like
Like Love Haha Wow Sad Angry