މަތީ ތަޢުލީމު ހާސިލު ކުރުމަށް 417 ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދޫކޮށްފި

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލު ކުރުމަށް 417 ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދޫކޮށްފި އެވެ.

އެކަން ހާމކުރެއްވީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އެވެ.

އިޝްތިހާރު Below Header ad

އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޕްރެސް ގައ މިނިސްޓަރ ވިދާޅުވީ ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލް ކުރުމަށް ލޯނަށް ހުށަހެޅުމަށް މިއަހަރުގެ ފެބްރުއަރީގައި އިއުލާން ކުރުމުން 1176 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ.

ސްކީމަށް ހޮވުނު ދަރިވަރުންގެ ޝަކުވާ ހުށަހެޅުމަށް ޖޫން 01 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށާއި އެ ޝަކުވާތަކަށް ބެލުމަށް ފަހު ޖޫން 10 ވަނަ ދުވަހު ފައިނަލް ލިސްޓު އާންމު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ލޯނު ސްކީމުގައި ބައެއް ދާއިރާތަކުގެ ތެރެއިން އެކައުންޓިންގ، އިންޖިނިއަރިންގ އަދި ސޯޝަލް ސައިންސްގެ ދާއިރާތަކުން ކުރިމަތިލީ ޢަދަދު ދަށްކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.