ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ފައިސާގެ ދަތިކަމެއް ނޯންނާނެ: މިނިސްޓަރ

ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ފައިސާގެ ދަތިކަމެއް ނޯންނާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލްނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ބޭނުންވާ ދުވަހަށް ފައިސާ ނުލިބޭކަމުގެ ޝަކުވާ އެޓޯލްނިއުސްއަށް ލިބިފައިވާތީ، އެކަން އޮންނަ އުސޫލަކީ ކޮބައިތޯ ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ އެ ދަރިވަރުންނަށް ފައިސާގެ ދަތިކަމެއް ނޯންނާނެ ކަމަށެވެ.

”ފަހަރެއްގަ ވަކި ދަރިވަރަކަށް ހުށަހަޅަން ޖެހޭ ލިޔުމެއްފަދަ އެއްޗެއް ހުށަހެޅުން ލަސްވެގެން ފައިސާ ދިނުން ދަތިވެދާނެ. އެނޫން ގޮތަކަށް އެއްވެސް ދަރިވަރަކަށް ފައިސާ ލިބުން ދައްޗެއް ނުވާނެ. އަދި އެ ލިޔުން ނުވަތަ ލިޔުންތައް ލިބުމާއެކު މިނިސްޓްރީގެ މުވައްޒަފުންގެ އެންމެ އިސްކަމަކަށް ވާނީ އެ ފައިސާ ހަމަޖައްސާ އެކުއްޖަކަށް ފޮނުވުން.“ މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެ ދަރިވަރުންނަށް ފައިސާ ލިބުމަކީ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުން ފަދަ ކަމެއް ކަމަށާއި އެހެންވެ، މިއީ ސަރުކާރުން ވެސް ވަރަށް މުހިންމުކަމާއެކު ބަލަމުންދާ ކަމެއް ކަމަށެވެ. އަދި މުވައްޒަފުންނެކޭ އެއްފަދައިން އެ ދަރިވަރުންނަށް ވެސް އެކަންކަން ހަމަޖެހެންވާނޭ ކަމަށް މިނިސްޓަރ ގަބޫލު ކުރައްވާ ކަމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ފޮނުވުމުގައި އެއްވެސް ޑިލޭއެއް ނުވަތަ ތާށިކަމެއް ނާރާނެ ކަމުގެ ޔަގީންކަން ބެލެނިވެރިންނަށާއި ދަރިވަރުންނަށް އަރުވާ ކަމަށެވެ.

މީގެ އިތުރުން ދަރިވަރުން ފޮނުވަންޖެހޭ ލިޔެ ކިޔުންތައް އެ ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުމަށް ސަމާލުކަން ދެއްވުމަށް ވެސް މިނިސްޓަރ ވަނީ އެދިވަޑައިގެންފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.