ޙަމަލާތައް ހުއްޓާލިތާ 3 ވަނަ ދުވަސް، ސުލްޙައިގެ ވާހަކަތައް ކުރިއަށް

ޙަމަލާތައް ހުއްޓާލިތާ 3 ދުވަސް ވެފައިވާއިރު ސުލްޙަ ދެމެހެއްޓުމަށް އަދި އިތުރު ޙަނގުރާމައެއް ފެށުނަ ނުދިނުމަށް އެހެން ޤައުމުތައް މެދުވެރި ވެގެން ސުލްޙައިގެ ވާހަކަތައް ފަށައިފިއެވެ.

11 ދުވަސް ވަންދެން އިޒްރާއީލުން ޣައްޒާއަށް ދިން ޙަމަލާ ތަކުގައި ފަލަސްތީންގެ 248 މީހުން ޝަހީދުވެ، 1000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމް ވެފައެވެ. ޝަހީދުންގެ ތެރޭގައި 66 ކުޑަކުދިން ވެސް ހިމެނެއެވެ. މީގެ އިތުރުން ޣައްޒާގެ އެތައް އިމާރާތަކަށް މެދުނުކެނޑި ދިން ޙަމަލާތަކުގައި އެއިމާރާތްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތި ކޮށްފައެވެ. ޙަމަލާދިން އިމާރާތް ތަކުގެ ތެރޭގައި އިޒްރާއީލްގެ އުދުވާން ކަވަރ ކުރަމުންދިޔަ މީޑިއާގެ ފަރާތްތަކުގެ އޮފިސް އިމާރާތެއް ވެސް ހިމެނެއެވެ. އެއިމާރާތައް ދިން ވައިގެ ހަމަލާގައި އިމާރާތް އެއްކޮށް ވަނީ ބިމާއި ހަމަކޮށްލާފައެވެ.

އިޝްތިހާރު Below Header ad

ޙަމަލާތައް ހުއްޓާލާފައިވާ މުއްދަތު އިތުރު ކުރުމަށް އަދި ސުލްހައިގެ ވާހަކަތައް ދެއްކުމަށް މިސްރުގެ ފަރާތުން މަންދޫބުން ދަނީ އިޒްރާއީލާއި ޣައްޒާގެ އިސް ފަރާތްތަކާއި ވާހަކަ ދައްކަމުންނެވެ. މިގޮތުން ޙަމާސްގެ އިސް ވެރިންނާއި އަދި ފަލަސްތީންގެ ރައީސް މަޙްމޫދް އައްބާސްއާއި ވެސް އިޒްރާއީލުން ގަދަކަމުން ހިފާފައިވާ ވެސްޓް ބޭންކްގައި ބައްދަލު ކޮށްފައިވާ ކަމަށް އޮފިޝަލުން ވަނީ ބައިނަލްއަޤްވާމީ މީޑީއާއަށް މަޢުލޫމާތު ދީފައެވެ.

މީގެ އިތުރުން މެދުއިރުމަތީގެ މަސްރަޙާމެދު މަޝްވަރާ ކުރުމަށް އުރުދުންގެ އޮފިޝަލުންނާއި މިސްރުގެ ޚާރިޖީ ވަޒީރު ވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޙަމަލާތައް ހުއްޓާލުމުން ދަރުމަވެރިން ވަނީ ހަލާކުވެފައިވާ އިމާރާތްތަކުން ކުންޏާއި ހިރަފުސް އަދި ގައުތައް ނަގައި ސާފު ކުރަން ފަށާފައެވެ. އިޒްރާއީލުން ދީފައިވާ ހަމަލާތަކުގައި މީހުން ދިރިއުޅޭ އެތައް އިމާރާތަކަށް ޙަމަލާދީ، ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކު ކޮށްލާފައެވެ.

ސުލްޙައިގެ ވާހަކަތައް ކުރިއަށް ދާއިރު އިއްޔެވެސް އިޒްރާއީލުން ވަނީ މަސްޖިދް އަލްއަޤްސާގައި ފަތިސް ނަމާދަށް އެއްވެ ތިބި ބަޔަކު މިސްކިތުން ބޭރުކޮށް، ކޮމްޕައުންޑް ހުސްކުރުމަށް ފަހު، ހަތިޔާރުއެޅި ސިފައިންގެ ހިމާޔާތުގައި ޔަހޫދީންގެ އެތައް ސަތޭކަ ބައެއް އަޤްސާ ތެރެއަށް ވައްދާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.