ކޮވިޑް-19: ރާއްޖެއިން އިތުރު 1559 މީހަކު ފައްސިވެއްޖެ

ރާއްޖެއިން އިތުރު 1،559 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 55،924 އަށް އަރާފަ އެވެ.

 އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 1،135 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ފައްސިވި މީހުންގެ ތެރެއިން 401 މީހުން ފައްސިވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް 20 މީހަކު ފައްސި ވެފައިވެއެވެ.

އިޝްތިހާރު Below Header ad

މިހާތަނަށް 32،322 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 24،464 މީހުންނެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 290 މީހަކަށް ދަނީ ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން 16 މީހަކު އޮތީ އައިސީޔޫގައެވެ. 8 މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ހަ މީހަކު މިއަދު ވެސް ވަނީ މަރުވެފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން 129 މީހަކު ވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.