ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ތިބި ބަލި މީހުންގެ ހާލު ބެލުމަށް ޚާއްސަ ނަމްބަރެއް!

ކޮވިޑް ބަލިޖެހޭ މީހުންނަށް ފަރުވާ ދެމުންދާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ތިބި ބަލި މީހުންގެ ހާލު ބެލުމަށް ޚާއްސަ ނަމްބަރެއް ތަޢާރަފް ކޮށްފި އެވެ.

އެޗްއީއޯސީން ބުނީ މިއީ އެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދާ ބަލި މީހުންގެ ހާލު އާއިލާއަށް ނޭނގޭ މައްސަލަ ހައްލުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ހުޅުވި ކޯލް ސެންޓަރެއް ކަމަށެވެ. އަދި އެ ފެސިލިޓީގައި އޮންނަ ބަލި މީހެއްގެ ހާލު ބެލުމަށް ގުޅާނީ 3022221  ނަންބަރަށް ކަމަށެވެ.

އިޝްތިހާރު Below Header ad

ހުޅުމާލެ ހޮސްޕިޓަލް ގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވީ، މި ވަގުތު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގިނަ އަދަދެއްގެ ބަލި މީހުންނަށް ފަރުވާ ދެމުން އަންނާތީ ބަލި މީހުންނަށް ދޭ ފަރުވާގެ ތަފްސީލް އާއިލާއަށް ފޯރުކޮށް ދިނުމުގައި ގޮން ޖެހުންތަކެއް އެބަ ހުރި ކަމަށެވެ.

މިހެން ކަން ދިމާވެފައި ވަނީ މި ވަގުތު ސިއްހީ ޚިދުމަތްތެރިންގެ ގޮތުގައި އެ ފެސިލިޓީގައި ތިބި ބަލި މީހުންނަށް ފަރުވާ ދިނުމަށް ފަހު އިތުރު މަސައްކަތް ކުރަން ވަގުތު ނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 188 މީހަކަށް ފަރުވާ ދެމުން އަންނަ އިރު، އޭގެތެރެއިން އެ ފެސިލިޓީގެ އައިސީޔޫގައި 7 މީހަކު އެބައޮތެވެ. އަދި 4 މީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.