ރައީސް ނަޝީދަށް ޙަމަލާ ދިން މައްސަލައިގާ ފުރަތަމަ ހައްޔަރުކުރި 3 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޓެރަރިސްޓު ޙަމަލާ ދިން މައްސަލައިގާ ފުރަތަމަ ހައްޔަރުކުރި 3 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލާ ހަމަލާ ދީފައިވަނީ މި މަހު 6 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ.

އިޝްތިހާރު Below Header ad

އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަން އުޅުއްވަނިކޮށް ދިން އެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސް ވެ، އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ގިނަ އޮޕަރޭޝަންތަކެއް ކޮށްފަ އެވެ.

ފުލުހުން ބުނެފައިވަނީ އަމިއްލައަށް ތައްޔަރު ކުރި އައިއީޑީއެއް ގޮއްވާލި މި މައްސަލާގައި ހައްޔަރު ކުރި ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރަށް ވާގިދޭ ތިން މީހުން ކަމަށެވެ. އަދި މި ތިން މީހުން ދިރިއުޅޭ ތަންތަން ބަލާ ފާސްކޮށް، ގިނަ ހެކިތަކެއް ފުލުހުން ވަނީ ހޯދާފައެވެ.

އައިއީޑީ ތައްޔާރުކުރަން ބޭނުން ކުރި ބައެއް ތަކެތި ފުލުހުން ހޯދާފައިވާ އިރު، މި މީހުންގެ އަމަލުތައް އެރޭ ހުރިގޮތާއި އެ މީހުން ދަތުރު ކުރި މަގުތައް ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.