ކުރީގެ އޮޑިޓަރ ޖެނެރަލް އިސްމާޢިލް ފަތުހީ އަވަހާރަ ވެއްޖެ

ކުރީގެ އޮޑިޓަރ ޖެނެރަލް އިސްމާޢިލް ފަތުހީ އަވަހާރަ ވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު އަވަހާރަވީ ކޮވިޑް-19 އަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ދަނިކޮށެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް ގެންދަވަނީ ކޮވިޑަށް ފަރުވާ ހޯއްދަވަމުން ނެވެ.

އިޝްތިހާރު Below Header ad

1993 އިން ޖެނުއަރީ 16، 2008 އަށް އޭނާ ވަނީ އޮޑިޓަރ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ އިސްމާޢިލް ފަތުހީ ވަނީ އެކައުންޓިންގ ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތް ކުރައްވާފަ އެވެ.

އެގޮތުން ދައުލަތުގެ ފައިސާ ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް ރާއްޖޭގައި ބުކްކީޕިންގ ދިވެހި ބަހުން ކިޔަވައިދެއްވަން ފެއްޓެވުމާއި އަތޮޅުތަކުގައި ދައުލަތުގެ މާލީ މަސައްކަތްކުރާ މީހުން މާލެ ގެނެސް ތަމްރީނުކުރުމުގައި އަގުހުރި މަސައްކަތްތަކެއް ވަނީ ކުރައްވާފަ އެވެ.

އެމަނިކުފާނަށް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ރާއްޖޭގެ އެކައުންޓިންގ ދާއިރާގެ ބައްޕަގެ ލަގަބު 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލިބިލައްވާފަ އެވެ. އޭރު ވެސް އެމަނިކުފާނު އުޅުއްވަނީ އާލާސްކަންފުޅާ އެވެ.

އިސްމާއިލް ފަތުހީ އަކީ ކުރީގެ އުއްތަމަ ފަނޑިޔާރު އަދި ބޮޑުވަޒީރުގެ ނާއިބް އަލްއުސްތާޛް މޫސާ ފަތުހީގެ ކޮއްކޯފުޅެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.