ނަގާ 40 އިންސައްތަ މީހުންގެ ސާމްޕަލް ޕޮޒިޓިވް: ޑރ. އަފްޒަލް

ރާއްޖޭގައި ނަގާ ސާމްޕަލްތަކުގެ ތެރެއިން 40 އިންސައްތަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްއީއޯސީގެ ޕްރެސް ކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދުވަހުން ދުވަހަށް ކޭސްތައް އިތުރުވަމުންދާ ކަމަށެވެ.

އިޝްތިހާރު Below Header ad

ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ވަނީ 40 އިންސައްތައަށް އަރާފަ. މި މަސް ފެށުނު އިރު، ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ކުރީ 15 އިންސައްތާގަ.” ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ މި މެއި މަހުގެ 1 ވަނަ ދުވަހުން 21 ވަނަ ދުވަހާއި ހަމަައަށް 22166 ކޭސް ފެނިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 2 އިންސައްތަ މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ކަމަށެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވާ 86 އިންސައްތަ މީހުންނަކީ ވެކްސިން ނުޖަހާ މީހުން ކަމަށެވެ. އަދި ހޮސްޕިޓަލުގައި އެނދުމަތި ކުރާ މީހުންގެ 86 އިންސައްތަ މީހުންނަކީ ވެސް ވެކްސިން ނުޖަހާ މީހުން ކަމަށެވެ.

ވެކްސިން ނުޖަހާ ކަމަށް ބުނަނީ އެންމެ ޑޯޒެއް ވެސް ނުޖަހާ ފަރާތްތައް ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.