ޣައްޒާ ސަރުކާރު އަންނަ ހަފުތާގެ އާދިއްތަ ދުވަހު ހުޅުވަނީ
ޣައްޒާ ސަރުކާރު އަންނަ ހަފުތާގެ އާދިއްތަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިގޮތަށް ނިންމާފައި މިވަނީ މިދިޔަ ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި އިސްރާއީލުން ފަލަސްތީނަށް ދެމުން އައި ހަމަލާތައް ހުއްޓާލުމުން ނެވެ.
އިޒްރާއީލުން ދިން ޙަމަލާތަކުގައި 225 މީހުން ޝަހީދުކޮށްލާފައިވާ އިރު، އޭގެތެރޭގައި 68 ކުޑަކުދިންވެސް ހިމެނެ އެވެ. އަދި 8000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމް ވެފައެވެ.
އާދީއްތަ ދުވަހު ޣައްޒާގެ ސަރުކާރުގެ އޮފީސްތައް ހުޅުވުނުކަމުގައިވީނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް ދެވުނު ހަމަލާއިން އަރައިގަތުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ.
މިސްރުން ހުށަހެޅި އެއްބަސްވުމަކާއެކު އިޒްރާއީލުން، ފަލަސްތީނަށް ދެމުންގެންދިޔަ ޙަމަލާތައް ހުއްޓާލިޔަސް، އިޒްރާއީލު މީހުންގެ ޙަމަލާތައް އަނެއްކާވެސް ކޮންމެވަގުތަކުވެސް ފެށުމަކީ އެކަށީގެންވާ ކަމެކެވެ.