އައު މޭޔަރާއެކު މާލެސިޓީ ކައުންސިލު ރައްޔިތުންނާ ހަމައަށް އައީބާ؟

ލާމަރުކަޒީ ގާނޫނުން ކައުންސިލުތަކަށް ބާރުތަކެއްދީ، ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގެ މަގު ފަހިވެފައި އޮތް ނަމަވެސް، އެ މަންޒަރު ފެންނަނީ މަދު ފަހަރެއްގަ އެވެ.

ޚާއްސަކޮށް މާލޭ ސިޓީ ކައުންސިލުގެ ގިނަ މެމްބަރުންނާއި މޭޔަރު މާލޭގެ ރައްޔިތުންނާ ބައްދަލުކޮށް، މަޝްވަރާކޮށް، ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުވާތަން ފެންނަނީ ވަރަށް ވެސް މަދުން ނެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް އަލަށް އިންތިޚާބުވި މާލޭ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުންގެ ޢަމަލުތައް އަދިފެންނަނީ މުޅިން ތަފާތުކޮށެވެ. “ގޮނޑި ހޫނުކުރަން” ތިއްބެވުމުގެ ބަދަލުގައި ރައްޔިތުންގެ ހާލު ބަލައި، ކަންކަން ކުރައްވަން މަސައްކަތް ކުރައްވާތަން ފެނެއެވެ.

މި މެއި މަހުގެ17 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުގެ މޭޔަރުގެ މަގާމާއި ޙަވާލުވެވަޑައިގަތުމަށް ފަހު، ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި އޭނާގެ ޓީމުން މިވަނީ “ބޮޑު މަންޒަރު” ދައްކަވަން ފައްޓަވާފަ އެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނައުމުގެ މަސައްކަތް ފެއްޓެވުމުން، ގިނަ ރައްޔިތުން ތިބީ ހިތްހަމަ ޖެހިފަ އެވެ. ކުރިން ތިއްބެވި މެމްބަރުން ކަންކަން ނުކުރައްވާތީއެއް ނޫނެވެ. އެކަމަކު މިހައިގާތުން އުޅެފައި ނުވާތީ އެވެ.

އެގޮތުން މޭޔަރާއި ޓީމު ވަނީ މާލެ ވިޔަފާރިވެރިންގެ މިސްކިތުގެ އުތުރުން އޮތް ބިން ސާފު ކުރުމުގެ މަސައްކަތް ބައްލަވާލައްވާ، މިސްކިތްތަކުގެ ހާލަތު ހުރިގޮތް ބެލުމުގެ މަސައްކަތް ފަށާނެކަމަށް ބުނެފަ އެވެ.

ޓެކްސީ ޑްރައިވަރުންގެ އަތުން ނަގަމުން އައި ޕާކިންގ ފީ 750 ރުފިޔާއަށް ކުޑަކުރާނެ ކަމަށާއި މާލެ އާއި ވިލިމާލޭގެ ހުސްބިންތައް ބޭނުން ކުރުމުގެ ޕްލޭނެއް ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލާ އެކީ އެއް މަސް ތެރޭ ނިންމުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ޕާރކުތަކާއި މައިޒާންތަކުގެ އާބަތުރަފިލުވާ މަރާމާތު ކުރުމަށް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ އިރު، ކުރީގެ ސަރުކާރުތަކުން ވެސް ކުރުމަށް ނިންމާ، އެކަމަކު މިހައިތަނަށް އައި އިރުވެސް ނުވެއޮތް ގަރާޖު އަދި ވޯކްޝޮޕްތައް ސިނާއި އަވަށަށް ބަދަލުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

މިކަމާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާތަކާ މަޝްވަރާކޮށް ޕްލޭން ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ބުނެފައިވާ އިރު، މާލޭގެ މަގުތައް ބަންދު ކުރުމުގެ ގަވާއިދެއް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއެކު ހެދުމަށް ވެސް ނިންމާފައިވާ ކަމަށް ބުނެފައި ވެއެވެ.

ހަމަމިއާއެކު މާލޭގެ މަގުތައް އަލި ކުރުމުގެ މަޝްރޫއު ފެށުމަށް މާލޭގައި މިހާރު ހުރި މަގުބައްތިތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފަވެއެވެ.

Dr. Muizzu 1

ދެން އޮތް ސުވާލަކީ ޕީޕީއެމް ގެ ސަރުކާރެއްގައި 5 އަހަރުގެ ދައުރެއް ފުރިހަމަކުރި އިރު، ނުކުރެވުނު ކަމެއް މިހާރު ކުރެވިދާނެތޯ ކުރެވޭ ސުވާލެވެ.

މޭޔަރުގެ މަގާމާ ޙަވާލުވެވަދައިގަތުމަށް ފަހު، ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ސަރުކާރުގެ އެއްބާރުލުން ލިބޭހާ ހިނދު، ރައްޔިތުންގެ ކަންކަން ފުރިހަމަ ކޮށްދިނުމުގައި ދެމިހުންނަވާނެ ކަމަށެވެ.

ރައްޔިތުން ތިބީ ބަލާށެވެ. ޚާއްސަކޮށް މާލޭ ސިޓީގެ ކައުންސިލުގެ ކުރީގެ މެމްބަރުންނަށް ރައްޔިތުން ނޫނެކޭ ބުނި ސަބަބުތަކަށް ހިނިތުންވުން ގެނެސްދޭނެ ކަމަށް ރައްޔިތުން ތިބޭނީ ފާރަވެރިވެގެން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.