ކޮރަޕްޝަންގެ ޒީރޯ ޓޮލަރެންސް އާއެކު ވެންޓިލޭޓަރުތަކަށް ފަސްއަޅާ ފޮރުވާލައިފި

ޗައިނާގެ ވޫހާން ސިޓީން އުފަންވި ކުޑަކުޑަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަކީ ކިތަންމެ ކުޑަ ޖަރާސީމަކަށް ވިޔަސް، މުޅި ދުނިޔެއަށް އޭގެ ވަކިތައް މިވަނީ ދަމާލާފައެވެ.

ޚާއްސަކޮށް ރާއްޖެ ފަދަ އާރެއް ބާރެއް ނެތް ނުވަތަ އަމިއްލަ އުފެއްދުން މަދު، އެހެން ގައުމުތަކަށް ބަރޯސާވެފައިވާ ކުދި ގައުމުތަކަށް މިއީ ބޮޑު ސުނާމީއެއް ފަދަ އެއްޗެކެވެ.

އިޝްތިހާރު Below Header ad

ސަރުކާރުން ކޮވިޑްގެ ހަނގުރާމައާ ރާއްޖެ ކުރިމަތިލީ ރައްޔިތުން މިކަމުން ސަލާމަތްކޮށްދިނުމަކީ އެންމެ ވަރުގަދަ ޢަޒުމުގަ އެވެ.

“ވީ ޙާލެއްގައިވާން ރައްޔިތުން ދޫކޮށްނުލާނެ” ކަމަށް ބުނަމުން ދިޔަސް، މިހާރު ފެންނަމުްނ ދަނީ ތަފާތު މަންޒަރެކެވެ.

ކޮވިޑުގެ ފުރަތަމަ ރާޅާއެކު ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމުން ކުރިމަތިވި އިގްތިސާދީ ދަތިކަމުން އަރައިނުގަނެވި އުޅެނިކޮށް ދެން ބިންދާލީ އެއަށްވުރެ ބޮޑު ރާޅެކެވެ.

ރާއްޖެއިން ކޮވިޑު ފެނުމާއެކު އެބަލީގައި އެންމެ ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމަށް ނިންމައި، އެކަން އިޢުލާން ކުރިއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ ބޯޑަރުތައް ވެސް ބަންދުވެފައިވާތީ، އެތަކެތި ގެނައުމުގައި ދަތިތައް ކުރިމަތިވި އެވެ.

ހެލްތު މިނިސްޓަރުގެ މަގާމުގައި އޭރު ހުންނެވި، ޢަބްދުﷲ އަމީން ގެ އިސްނެންގެވުމާއެކު ވެންޓިލޭޓަރުތަކެއް ގެންނަން ކުންފުންޏަކާ ހަވާލު ކުރުން ވެގެންދިޔައީ ރައްޔިތުންގެ މޫނުމަތިން ހިނިތުންވުން ގެނުވި ކަމަކަށެވެ.

ނަމަވެސް އެ ވެންޓިލޭޓަރުތައް މިހާރު ވީ ކޮންތާކު ކަމެއް ވެސް ނޭނގެއެވެ.

އެތަކެތި “ބިންފަޅާ އަޑިއަށް ދިޔައީތޯ ނޫނީ ޖައްވަށް، ހަވައަށް އަރައިގެން ދިޔައީތޯ” މިއީ މިހާރުވެސް ގިނަ މީހުން ކުރާ ސުވާލެކެވެ.

ޚާއްސަކޮށް ރާއްޖޭގައި ކޮވިޑު ކޭސްތައް ފެންނަމުންދާލެއް ގިނަވެފައި، މިބަލީގައި މީހުން މަރުވަމުންދާ ނިސްބަތް މަތިވާތީ، މިއީ މިހާރުން މިހާރަށް ވެސް ބޭނުންތެރި އެއްޗެކެވެ.

ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަންގެ ޢަމަލު ހިންގާފައިވާ ކަމުގެ އަޑުތަކެއް ވެސް ފެތުރެން ފެށުމާއެކު، އެއްބޭފުޅަކު އަނެއްބޭފުޅަކަށް އިނގިލި ދިއްކޮށް ތުހުމަތުތައް ކުރަން ފެށި އެވެ. މައްސަލަ ބަލަން ފެށިއެވެ.

މިނިސްޓަރުވެސް މަގާމުން އަމިއްލައަށް އެކަހެރިވެވަޑައިގެންނެވި އެވެ.

އެ މައްސަލައިގާ މާބޮޑު ކުރިއެރުމެއް މިހާތަނަށް ލިބިފައި ނުވާ އިރު، ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލަ ކުރިއަށް ގެންދާނެ ކަމާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން ނެވެ.

ކުށެއް ކޮށްފިނަމަ، އެކުށެއްގެ އަދަބު ލިބެންވާނެ ކަމަށް ގާނޫނު އަސާސީން ވެސް ލާޒިމު ކުރާ ގޮތެވެ. ނަމަވެސް “ނޫ ގާނޫނު އަސާސީ” ގައި ވެސް “ކަޅު އަކުރުން” އެގޮތަށް ލިޔެފައި އޮތުން ނޫން ކަމެއް ނުވެ އެވެ.

ފެންނަމުން ދާ މަންޒަރާއި އިވޭ އަޑުތަކުން ” ކޮރަޕްޝަން ގައި ޒީރޯ ޓޮލަރެންސް” ގެ މާނައަކީ ކޮބައިކަން ރައްޔިތުންނަށް މިވަނީ އޮޅިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.