
ރާއްޖެއިން އިތުރު 1603 މީހަކު ކޮވިޑަށް ފައްސިވެއްޖެ
ރާއްޖެ އިން އިތުރު 1603 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން ވިދާޅުވީ، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް 6،320 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭއިން މައުލޫމާތު ދޭގޮތިގައި މިއަދު ފައްސިވި މީހުންގެ ތެރެއިން 1025 މީހަކު ފައްސިވެފައި ވަނީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 571 މީހުން ފައްސިވިއިރު ރިސޯޓްތަކުން ހަތް މީހުން ވަނީ ފައްސިވެފައެވެ.
މިއަދު ފައްސިވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 52،402 އަށް އަރާފަ އެވެ.