” ޔޫރޯ 2020″ ފުޓްބޯޅައިގެ ބޮޑު ޢީދެއް !

ޔޫރަޕްގެ ޤައުމުތަކުުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ޔޫއެފާ ޔޫރޯ 2020 އަންނަ ޖޫން މަހުގެ  11 ވަނަ ދުވަހު ފަށުމަށް ވަނީ ތައްޔާރުުވެފައެވެ.

ޔޫރަޕުގެ އެންމެ ބޮޑު އަދި އެންމެ  ޝަރަފުވެރި ފުޓްބޯޅަ މުބާރާތަކީ ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ޔޫއެފާއިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

އިޝްތިހާރު Below Header ad

މީގެ 63 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް އެންމެ ފުރަތަމަ ބާއްވަން ފެށީގެ ޔޫރަޕިއަން ނޭޝަންސް ކަޕުގެ ނަމުގައެވެ. މިހާރުގެ ނަން  ޔޫރަޕިއަން ޗެންޕިއަންޝިޕް ނަމަށް ބަދަލުކޮށްފައިވަނީ 1968 ވަނަ އަހަރުގެ މުބާރާތަށް ފަހުގައެވެ. މިހާތަނަށް މި މުބާރާތް 15 ފަހަރު ބާއްވާފައިވާއިރު، މި އަހަރު ބޭއްވުމަށް ތައްޔާރުުވަމުން އަންނަ މި މުބާރާތަކީ މީގެ 16 ވަނަ އެޑިޝަންއެވެ.

ގަވައިދުން ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ މި މުބާރާތް މިދިޔަ އަހަރު ނުބޭއްވި ލަސްވީ  ކޮވިޑް-19 އާއި ގުޅިގެންނެވެ.

ކުރިން ބޭއްވިދިޔަ މުބާރާތްތަކާއި ޚިލާފަށް މިއަހަރު ޔޫރޯ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ޔޫރަޕުގެ 11 ގައުމެއްގައެވެ.  އެއީ އަޒަރަބައިޖާން. ޑެންމާކް، އިންގްލެންޑް، ޖާމަނީ، ހަންގޭރީ، އިޓަލީ، ނެދަލެންޑް، ރޫމޭނިއާ، ރަޝިއާ، ސްކޮޓްލެންޑް އަދި ސްޕެއިންގައެވެ.

މުބާރާތުގައި ވާދަކުރާ ގައުމުތައް ހަ ގުރޫޕަކަށް ގުރޫޕު ކުރެވިފައިވާއިރު، އެ ގުރޫޕުތަކާއި އެ ގުރޫޕު ތަކުގައި ހިމެނޭ ގައުމުތަކައް ބަލާއިރު،

ގުރޫޕް އޭގައި ހިމެނެނީ ތުރުކީ، އިޓަލީ، ވޭލްސް އަދި ސްވިޒަރލޭންޑްއެވެ.  މިގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އިޓަލީގައެވެ.

ގުރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ ޑެންމާކް، ފިންލޭންޑް، ބެލްޖިއަމް އަދި ރަޝިއާއެވެ. މިގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ޑެންމާކާއި ރަޝިއާގައެވެ.

ގުރޫޕް ސީގައި ހިމެނެނީ ނެދަރލޭންޑްސް، ޔުކްރޭން، އޮސްޓްރިއާ އަދި ނޯތު މެސެޑޯނިއާއެވެ.  މިގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ނެދަރލޭންޑްސްގައެވެ.

ގުރޫޕް ޑީގައި ހިމެނެނީ އިންގްލޭންޑް، ކްރޮއޭޝިއާ، ސްކޮޓްލޭންޑް އަދި ޗެކް ރިޕަބްލިކްއެވެ. މިގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އިންގްލޭންޑާއި ސްކޮޓްލޭންޑްގައެވެ.

ގުރޫޕް އީގައި ހިމެނެނީ ސްޕެއިން، ސްވިޑްން، ޕޮލޭންޑް އަދި ސްލޮވާކިއާއެވެ. މިގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ސްޕެއިންގައެވެ.

ގުރޫޕް އެފްގައި ހިމެނެނީ ހަންގޭރީ، ޕޯޗުގަލް، ފުރާންސް އަދި ޖާރމަނީއެވެ. މިގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ހަންގޭރީ އަދި ޖަރުމަނުގައެވެ.

24 ގައުމަކުން ވާދަކުރާ މި މުބާރާތުގެ ގުރޫޕު ސްޓޭޖުގެ މެޗުތައް ކުރިޔައްދާނީ އަންނަ ޖޫން 11 އިން ޖުލައި 23 އަށެވެ.

މުބާރާތް ހުޚުވާ މެޗު އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ރޭ އިޓަލީގެ ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި ކުޅުމަށް މަހަޖެހިފައިވާއިރު، މި މެޗުގައި  ބައްދަލުކުރާނީ ތުރުކީ އާއި އިޓަލީއެވެ.

އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ފެށޭ މި މުބާރާތް ކުރިޔަށް ދާނީ އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހާއި ހަމައަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.