އިޒްރާއީލުން ބޭނުންވަނީ ފަލަސްތީނުގެ ނަސްލު ނައްތާލަން: ޚުތުބާ

ފަލަސްތީނާއި ދެކޮޅަށް އިޒްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކަކީ ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ ތަފާތު ސިފަސިފައިގާ އެމީހުން މި ހަނގުރާމަކުރާ ކަމަށާއި އޭގެތެރޭގައ ނަމާދަށް ނުދެވޭގޮތަށް ފަލަސްތީނުގެ މިސްކިތްތައް ހިޞާރު ކުރުން ހިމެނޭ ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން އެމީހުން ބަނޑަށް ޖައްސާ، ކަނު އަނދިރީގައި ބޭތިއްބުމާއި ސާފު ބޯފެނާއި ފާޚާނާ ކުރެވޭނެ ވަސީލަތްތައް ހަލާކު ކުރުން ހިމެނޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި މުވާސަލާތީ ވަސީލަތްތަކާއި އަސާސި ޚިދުމަތްތަކުން މަޙްރޫމް ކުރުމާއި ޖަމާޢީ އަދަބުތައް ތަންފީޛު ކުރުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.

“މިއަދު އިވެމުން ދަނީ ފަލަސްތީނުގެ ކަންކޮޅުތަކުގައި ތިބި ހުވަފަތްވެފައިވާ އަންހެނުންގެ ގިސްލުމުގެ އަޑު. ޔަތީމުވެފައިތިބި ކުޑަކުދިންގެ ރުއިމުގެ އަޑު. ފަލަސްތީނުގެ މުސްކުޅިންނާއި ކިރުބޯކުދީންގެ އާދޭސްތަކުގެ އަޑު.” ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި އިތުރަށް ބުނީ ޤުދުސްގެ މައްސަލައަކީ އިސްލާމް ދީނާއި ވަކި ނުކުރެވޭނެ މައްސަލައެއް ކަމަށާއި ޤުދުސްއަކީ މުސްލިމުންގެ ބިމެއް ކަމަށެވެ.

އިސްރާއީލާއި ޞިހްޔޫނީ މީޑިއާގެ ސަބަބުން އެއީ ޔަހޫދީންގެ ބިމެއްކަމުގައި ސާބިތުކޮށްދޭން މަސައްކަތް ކުރިޔަސް އެއީ ހަމަ ފަލަސްތީނު މީހުންގެ ބިމެއް ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.