ޚަބަރު ފީތާ

ފަލަސްތީނާއި އަލް ގުދުސްގެ މައްސަލައަކީ މުޅި އިސްލާމީ އުއްމަތުގެ މައްސަލައެއް: ޚުތުބާ

Palestinians inspect their house, after it was destroyed by an Israeli airstrike, in the city of Rafah, in the southern Gaza Strip on May 16, 2021. - Israeli strikes killed 33 Palestinians in the Gaza Strip, the worst daily death toll yet in the almost week-long clashes, as the UN Security Council prepared to meet amid global alarm at the escalating conflict. (Photo by SAID KHATIB / AFP)

ފަލަސްތީނާއި އަލް ގުދުސްގެ މައްސަލައަކީ މުޅި އިސްލާމީ އުއްމަތުގެ މައްސަލައެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާ ބުނެފި އެވެ.

“ފަލަސްތީނު އިސްލާމީ އުންމަތުގެ ޒިންމާއެއް” މި މަޢުޟޫއަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހުކުރު ޚުތުބާގައި މި މުގައްދަސް ބިމުގެ މައްސަލަ އިސްލާމީ އުންމަތުގެ މައްސަލައަކަށް ނުވާންވީ ކީއްވެތޯ ވަނީ ސުވާޅު ކުރައްވާފަ އެވެ.

އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމަށާއި މުސްލިމުންގެ އެންމެ މުގައްދަސް ތިން ހަރަމްފުޅުގެ ތެރެއިން އެއް ހަރަމްފުޅު ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ދަތުރުހަދައިގެން ދިއުމަށް އަންގަވާފައިވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

“ފަލަސްތީނުގެ މައްސަލައަކީ ދާޚިލީ މައްސަލައެއް ނޫން. އެއީ ހުރިހާ މުސްލިމުންގެ މައްސަލައެއް. މުސްލިމުންގެ ބިމަކަށް ކާފިރުން އަރާ، އެބިން ފޭރިގެންފިނަމަ، އެމީހުންގެ ކެކުޅުންތަކަށާއި ގިސްލުންތަކަށާއި ރުއިންތަކަށް އިޖާބަދޭން ޖެހޭނެ. އެބިން މިނިވަން ކުރުމަށްޓަކައި އެންމެހައި މުސްލިމުން އެކަތިގަނޑަކަށްވެ، މަަސައްކަތް ކުރަން ޖެހޭނެ.” ޚުތުބާގައި ބުނެފައި ވެއެވެ.

Like
Like Love Haha Wow Sad Angry