ޚަބަރު ފީތާ

ފިލްމީ ތަރި ރޯނު ހަސަން މަނިކުގެ ދެމަފިރިކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރޯނު ހަސަން މަނިކު، ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދު އާއެކު

ދިވެހި ފިލްމީ ތަރި ރޯނު ހަސަން މަނިކުގެ ދެމަފިރިކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޓޯލްނިއުސް އަށް ވާހަކަ ދައްކަވަމުން ހަސަން މަނިކު ވިދާޅުވީ ދެމަފިރިކަނބަލުން ވެސް ތިއްބެވީ ގޭގައި ކަމަށެވެ. އަދި ޢާންމު ގޮތެއްގައި ދެމަފިރިކަނބަލުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ފިލްމީ ދާާއިރާގައި 44 އަހަރު ހޭދަކޮށްފައިވާ، އަދި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ހަސަން މަނިކަކީ ޕަރފޯމިންގ އާޓްސްގެ ދާއިރާ އިން އާންމު ޚިދުމަތުގެ އިނާމާއި ފިލްމީ ދާއިރާއިން ޙަޔާާތީ އަރުތަ (ލައިފްޓައިމް އެޗީވްމެންޓް) އެވޯޑް ހާސިލްކޮށްފައިވާ ފަރާތެކެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވެފައިވާ އިރު، އިއްޔެ ވަނީ ރެކޯޑު ޢަދަދަކަށް ޕޮޒިޓިވް ވެފަ އެެވ.

އެގޮތުން 2،194 މީހުންޕޮޒިޓިވް ވި އިރު، މާލެ ސަރަހައްދުން 1698 މީހުންނާއި އަތޮޅުތަކުން 467 މީހުންނާއި އޮޕަރޭޝަނަލް ރިސޯޓުތަކުން 29 ހިމެނެ އެވެ.

ރާއްޖޭގައި މިވަގުތު 20،276 މީހުންނަށް ކޮވިޑަށް ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން 280 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 50،802 އަށް އަރާފައެވެ. އަދި މިބަލީގައި 115 މީހުން ވަނީ ނިޔާވެފަ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ފިލްމީ ތަރި ރޯނު ހަސަން މަނިކުގެ ދެމަފިރިކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.