ކޮވިޑްގައި މިއަދުގެ ހަތަރުވަނަ މަރު، ޖުމްލަ އަދަދު 115 އަށް
ކޮވިޑުގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވާގޮތުގައި މިރޭ 09:00 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 72 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މަރާއި އެކު ކޮވިޑުގައި ރާއްޖޭއިން ނިޔާވި މީހުންގެ އަދަދު ވަނީ 115 އަށް އަރާފައެވެ. އަި މިއީ ކޮވިޑުގައި މިއަދު ދުނިޔެ ދޫކުރި ހަތަރު ވަނަ މީހާއެވެ.
ކޮވިޑަށް މިއަދު ހަތަރު މީހަކު ނިޔާވެފައިވާއިރު މިއަދު ރާއްޖެއިން ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ އަދަދު އުޅެނީ 2000 މަތީގައެވެ.