ޚަބަރު ފީތާ

ހަމައެކަނި ހައި ރިސްކް މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހަދާގޮތަށް އުސޫލަށް ބަދަލު ގެނެސްފި

ހަމައެކަނި ހައި ރިސްކް މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާގޮތަށް އުސޫލަށް ބަދަލު ގެނެސްފި އެވެ.

މިގޮތަށް ނިންމީ ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން ބޮޑުތަން އިތުރުވެ، ކޮންޓެކްޓުން އިންތިހާއަށް އިތުރުވެފައިވާތީ އެވެ.

އެޗްޕީއޭ އިން ބުނީ ހައި ރިސްކް މީހުންގެ ގޮތުގައި ބަލާނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި އެއް އަހަރުން ދަށުގެ ކުޑަކުދިންނާއި، މާބަނޑު މީހުން ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނޭވާލުމުގައި ދަތިތައް އުޅޭ މީހުން ވެސް އެ ކެޓަގަރީގައި ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

ކޮންޓެކްޓް ޓްރޭސިންގ ޓީމުގެ ފަރާތުން އާމިނަތު އަރޫޝާ ވިދާޅުވީ އުސޫލަށް ބަދަލު ގެނައީ ހައި ރިސްކް މީހުން އަވަހަށް ދެނެގަނެ، އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ހުރިހާ ކޮންޓެކްޓުން ދެނެގަތުމަށް ގިނަ ވަގުތު ނަގާތީ، ހައި ރިސްކް މީހުން ދެނެގަނެ އެމީހުންނަށް ޚިދުމަތްތައް ފޯރުކޮށްދޭން ލަސްވާތީ ކަމަށެވެ.

Like
Like Love Haha Wow Sad Angry