ކޮމަން ވެލްތުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުން ފަށައިފި

ކޮމަން ވެލްތުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުން ފަށައިފި އެވެ.

ވާރޗުއަލްކޮށް ކުރިއަށް ގެންދާ މި ބައްދަލުވުން އޮންނާނީ މިމަހުގެ 20 އިން 21 އަށެވެ.

އިޝްތިހާރު Below Header ad

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ހުރެ މިދިޔަ އަހަރު ވެސް މި ބައްދަލުވުން ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ.

މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ކަނޑައެޅިފައިވާ ޚާއްސަ މައުޟޫއަކީ ‘ ކޮމަންވެލްތު ރެސްޕޯންސް ޓު ކޮވިޑް-19: އެންޝުއަރިންގ އިކުއިޓަބަލް އެކްސެސް ޓު ވެކްސިންސް އެންޑް ބިލްޑިންގ ރެޒިލިއެންސް ފޯ ހެލްތު ސިސްޓަމްސް އެންޑް އެމަރޖެންސީސް’ އެވެ.

މިބައްދަލުވުމުގެ ފުރަތަމަ ދުވަހު މިނިސްޓީރިއަލް ބްރޭކްއައުޓް ސެޝަންގައި “ޕެންޑެމިކް މެނޭޖްމަންޓް” އާއި ގުޅޭ ސެޝަންގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޑރ. ޝާހު ޢަބްދުﷲ މާހިރު، ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި މި ސެޝަންގައި ޤައުމުތަކުން ޕެންޑެމިކް މެނޭޖްކުރުމުގައި އަމަލު ކުރަމުންގެންދާގޮތާއި ގުޅޭ މަޢުލޫމާތު ވަނީ ހިއްސާކުރެވިފަ އެވެ.

މިބައްދަލުވުމުގައި ކޮމަންވެލްތުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ އިސްފަރާތްތަކާއި ދެމެދު ސިއްޙަތާއިބެހޭ ގޮތުން މުހިންމު ބައިނަލްއަގުވާމީ މަޝްވަރާތައް ކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ދެ ދުވަހަށް ކުރިއަށްދާ މިބައްދަލުވުން ނިމިގެންދާނީ މިބައްދަލުވުމުގެ މައުޟޫއާއިގުޅޭ ’މިނިސްޓީރިލް އައުޓްކަމް ސްޓޭޓްމަންޓް‘ އެއް މެމްބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ މެދުގައި އެއްބަސްވެވަޑައިގަތުމަށްފަހު އެވެ.

މިއަހަރުގެ ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޑރ. ޝާހު ޢަބްދުﷲ މާހިރުއެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ނައިބު ސަފިއްޔާ މުޙައްމަދު ސައީދު އަދި މިނިސްޓްރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީ ޢާއިޝަތު ސާމިޔާ ވެސް ބައިވެރިވެވަޑައިގެންނަވައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.