ޓެރަރިޒަމްގެ ތުހުމަތުގައި ދަރަވަންދޫއިން ފިރިހެނަކު ހައްޔަރުކޮށްފި
ޓެރަރިޒަމްގެ ތުހުމަތުގައި ބ. ދަރަވަންދޫއިން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންނާ ޙަވަާލާދީ ރާއްޖޭގެ ބައެއް ނޫސްތަލުގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އެރަށުގައި މިރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ ދިވެހި ފިރިހެނަކު ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރެއެވެ.