
ޕީޕީއެމް ރައީސް ޔާމީން އާއި ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފި.
ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ، ރައީސް އަބުދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފިއެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވަނީ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީން އާ ޕީޕީ އެމް ހަވާލުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.
ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ޕީޕީއެމްގެ އަމިއްލަ މެންބަރެއް ކަމަށްވާ އައްބާސް ވާފިރެވެ. އައްބާސް އެ މައްސަލަ ކޯޓަށް ވެއްދީ އެ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް މައުމޫން ވެސް ތައްޔާރުވެ ވަޑައިގަންނަވަނިކޮށެވެ.



