ސްޓޮކް އެކްސްޗޭންޖުގެ ޗެއަރމަނަކަށް އަލާއު ޢަލީ ހަމަޖައްސައިފި

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމްއެސްއީ) އާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ކުންފުނީގެ ޗެއަރމަންކަމުގެ މަޤާމަށް އެލިއާ އިންވެސްޓްމެންޓްސްގެ ޗެއަރމަން އަލާއު ޢަލީ ހަމަޖައްސައިފިއެވެ.

އޭނާ އެ މަޤާމަށް ހަމަޖެއްސީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު މާނިހް އަހުމަދު މި އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު އެ މަޤާމުން އިސްތިޢުފާ ދެއްވުމުންނެވެ.

އިޝްތިހާރު Below Header ad

އަލާއު ޢަލީ އަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ އެލިއާގެ މެނޭޖިންގ ޑިރެކްޓަރެވެ. އެލިއާ އަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޔަމަހާ މޮޓޯ ސައިކަލާއި އިންޖީނު ވިއްކާ ރާއްޖޭގެ އޯތަރައިޒްޑް ސޯލްޑިސްޓްރިއުޓަރ އެވެ.

މާނިހް ޗެއަރމަންކަމުގެ މަޤާމުން އިސްތިޢުފާ ދެއްވިނަމަވެސް ބޯޑުގައި އިންނަވާނެ ކަމަށާއި ސްޓޮކް އެކްސޭންޖުގެ ޑިރެކްޓަރުންގެ ބޯޑުގައި އަލާއު އާއި މާނިހުގެ އިތުރުން ދެން ތިއްބަވާނީ އެ ތަނުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހަސަން މަނިކާއި ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާ އިލްޔާސް ހަނީފާއި މުހައްމަދު ޖައިޝް އިބްރާހީމާއި މުހައްމަދު ނިޒާމާއި ކޮމްޕެނީ ސެކްރެޓަރީގެ ގޮތުގައި އިންނަވާ އިބްރާހިމް ވަހީދު އެވެ.

ސްޓޮކް އެކްސްޗޭންޖުގައި މިހާރު ވަނީ 10 ކުންފުންޏެއް ލިސްޓުކޮށްފައެވެ. އެ ކުންފުނިތަކުގެ ތެރޭގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ގިނަ ނަމަވެސް، އަމިއްލަ ކުންފުނިތަކުން ލިސްޓުކުރާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

އެ ގޮތުން ޝިޕިންގ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވާ ސެންޗޫރިއަން އާއި އުރީދޫ ވަނީ ލިސްޓުކޮށްފައެވެ. މި ދެ ކުންފުނީގެ ތެރެއިން ސެންޗޫރިއަން އިން ޙިއްޞާ ވިއްކަން ފަށާފައި ވާއިރު، އުރީދޫން އަންނަ އަހަރުގެ ކުރީކޮޅު ޙިއްޞާ ވިއްކަން ފަށާނެކަމަށް ވަނީ ބުނެފައެވެ.

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.