ލިސްޓުގައި ނަން އޮތަކަސް އަދި ކުއްވެރިއެއް ނުވާނެ، ލިސްޓު އެކުލަވާލީ ސިޔާސީ ބައެއް: މަހްލޫފް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރާ މީހުންގެ ލިސްޓުގައި އަދި ނަން އޮތުމަކުން ކުއްވެރި ނުވާނެ ކަމަށާއި އެއީ ސިޔާސީ ބަޔަކު އެކުލަވާލި ލިސްޓެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވެފައިވަނީ މިއަދު އާންމު ކުރީ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

އިޝްތިހާރު Below Header ad

މި ފޭސްބުކް ޕޯސްޓުގައި މަހުލޫފް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފް ގެ ޗެކުގެ މައްސަލައިގަ 2019 ވަނަ އަހަރު ރައީސް ސޯލިހް ވަނީ ސަސްޕެންޑް ކޮށް އަދި ތަހުގީގީ އިދާރާތަކުން މައްސަލައެއް ނެތްކަމަށް އޭރު ނިންމުމުން މަގާމުގެ މަސްއޫލިއްޔަތު އަލުން ހަވާލުކޮށްފައި ކަމަށެވެ.

‎އަދި އެ ލިސްޓަކީ ސިޔާސީ ބަޔަކު އެކުލަވާލި ލިސްޓެއް ކަމަށާއި އެ މައްސަލަ އާއި ސީދާ ގުޅުންނެތް އެތައްބައެއްގެވެސް ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއްގައި ނަންއޮތުމަކީ ކުށްވެރިވުމެއްނޫން ކަމަށެވެ. އަދި އެކަމުގައި ބައިވެރި ވުމެއްވެސް ނޫންކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ މައްޗަށް ދައުވާއެއް ކޮށްފިނަމަ މަގާމުގަ އެންމެދުވަހަކުވެސް ނުހުންނާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

” އަޅުގަނޑުގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފް ގެ ޗެކުގެ މައްސަލައިގަ 2019 ވަނަ އަހަރު ރައީސް ސޯލިހް ވަނީ އަޅުގަނޑު ސަސްޕެންޑް ކޮށް އަދި ތަހުގީގީ އިދާރާތަކުން މައްސަލައެއް ނެތްކަމަށް އޭރު ނިންމުމުން މަގާމުގެ މަސްއޫލިއްޔަތު އަލުން ހަވާލުކޮށްފަ. ސިޔާސީ ބަޔަކު އެކުލަވާލި، އަދި އެ މައްސަލަ އާއި ސީދާ ގުޅުންނެތް އެތައްބައެއްގެވެސް ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއްގައި ނަންއޮތުމަކީ ކުށްވެރިވުމެއްނޫން އަދި އެކަމުގައި ބައިވެރި ވުމެއްވެސް ނޫން.” މަހުލޫފް ވިދާޅުވެފައިވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެކުރިން ހާމަކުރި ހިޔާނާތުގެ ލިސްޓްގައި މަހްލޫފްގެ ނަން އޮތުމުން ގޭގައި މަޑުކުރެއްވުމަށް އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވިއެވެ. މަހްލޫފް އޭރު ވިދާޅުވެފައި ވަނީ އެއްވެސް އިރެއްގައި ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި އެއީ އޭނާ ޑޮލަރު ގަނެގެން ލިބުނު ފައިސާ ކަމުގައި ވިދާޅުވެއެވެ. އޭރު އޭސީސީން އެކަނި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، ރައީސް އޮފީހަށް މަހްލޫފްގެ މައްސަލައެއް ނެތް ކަން އެންގުމުން މަހްލޫފް އަލުން ވަޒީފާއަށް ނުކުމެވަޑައިގަތީއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުރެ ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ އެންމެންވެސް ދަނީ އެ ކަމަށް ނުރުހުން ފާޅުކޮށް އިންކާރު ކުރަމުންނެވެ. އަދި ލިސްޓުގެ ސައްހަ ކަމާ މެދު ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.