އެމްއައި ކޮލެޖް ދޮރަށް ގެއްލުންދީ އެތަނުން ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
2021 މާރިޗް 16 ވަނަ ދުވަހުގެ ވަގުތެއްގައި އެމްއައި ކޮލެޖްގެ ދޮރަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް މީހަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މަތިން ތިޔަ ފެނިވަޑައިގަންނަނީ ފުލުހުން ހޯދާކަމަށް ބުނާ މީހާގެ ފޮޓޯއެވެ. މި މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް އެދޭ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 481765 ކަމަށާއި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.