އިސްރާއީލްގެ މުދާ އެތެެރެ ނުކުރަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފި

އިސްރާއީލުން ފަލަސްތީނަށް ހަމަލާ ދިނުން ހުއްޓާލަން ދެން ރާއްޖެއަށް އިސްރާއީލްގެ ފަތުރުވެރިންނާއި މުދާ އެތެރެކުރުން ހުއްޓުވަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށައެޅީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއެވެ. ޝިޔާމް ހުށަހެޅުއްވި މި ކުއްލި މައްސަލައަށް ބަހުސް ކުރަން ހުޅުވާލަން ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ.

އިޝްތިހާރު Below Header ad

މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝިޔާމް ވިދާޅުވީ އިސްރާއީލްގެ އަމަލުތައް ހަމައެކަނި ކުށްވެރިކޮށްގެން ތިބެވެން ނެތް ކަމަށާއި ދިވެހި ދައުލަތުން ދައުލަތެއްގެ ގޮތުގައި ކުރެވެން ޖެހޭ ކަންކަން މިހާރު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިސްރާއީލްގެ ފަތުރުވެރިން ރާއްޖެ ގެނައުން އަދި އިސްރާއީލްގެ މުދާ އެތެރެކުރުން ހުއްޓުވަން އެ ކުއްލި މައްސަލާގައި ގޮވާލާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.