ޗެލްސީ ބަލިކޮށް ލެސްޓާ އިން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
ޗެލްސީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ލެސްޓާ ސިޓީން ހޯދައިފި އެވެ.
ލެސްޓާއިން އެފްއޭކަޕް ތަށި ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިން ޗެލްސީ ބަލިކުރުމަށްފަހުގައެވެ.
20000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުން މޮޅުވެ ލެސްޓާ ސިޓީން އެފްއޭކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ކްލަބުގެ ތާރީހުގައި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެ އޮވެއެވެ. ނަމަވެސް ދެޓީމަށްވެސް ގޯލު ޖަހަން ރަގަނަޅު ފުރުސަތު ލިބިފައިވާކަން ފާހަގަކޮށްލަން ޖެޖެއެވެ.
މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ގޯލް ލެސްޓާއިން ކާމިޔާބުކުރީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫރީ ޓީލަމެންސް އެވެ. މި ގޯލް ޓީލަމެންސް ޖަހާފައިވަނީ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މި ލަނޑަށް ފަހު މެޗގެ ނަތީޖާ އަނބުރާލުމަށް ޗެލްސީން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ލެސްޓާގެ ގޯލާއި އަމާޒުކޮށް ހަމާލާތަކެއްވެސް ފޮނުވާލިއެވެ. ނަމަވެސް ޗެލްސީގެ މި ހަމަލާތަށް ލެސްޓާގެ ކީޕަރު ކެސްޕަރ ޝްމައިކަލްގެ ވަނީ ހުށިޔާރުކަމާއި އެކު ދިފާއުކޮށްފައެވެ.
މެޗުގެ ފަހު ވަގުތު ޗެލްސީން ލަނޑެއްވެސް ޖެހިއެވެ. ނަމަވެސް ފަހުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ގޯލެއް ނޫންކަމަށެވެ. ޗެލްސީން ޖެހި މި ގޯލް ގޯލެއްކަމަށް ނުނިންމީ ބޯލަ ގޯލުގެ ތެރެއަށް ފޮނުވާލުމުގެ ކުރިން ޗެލްސީގެ ޑިފެންޑަރު ޗިލްވެލް ހުރީ އޮފްސައިޑްގައި ކަމަށްވާތީއެވެ.
މިއީ އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީ ޖެހިޖެހިގެން ކުޅުނު ދެވަނަ އަހަރެވެ. ނިމިގެން ދިޔަ އަހަރު އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީ ކުޅެފައިވަނީ އާސެނަލްއާއި ދެކޮޅަށެވެ. މި މެޗުނވެސް 1-2 އިން ޗެލްސީ ވަނީ އާސެނަލް އަތުން ބަލިވެފައެވެ.