ރާއްޖޭ ގައުމީ ފުޓްބޯޅަ ޓީމް ހޮޓެލް ޖެންގައި ކޭމްޕްކޮށްފި

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތަކުގެ ކުރިން ރާއްޖޭގެ ފުޓްބޯޅަ ޓީމު ހޮޓެލް ޖެންގައި ކޭމްޕްކޮށްފި އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ހޮޓެލް ޖެންގައި އިއްޔެ ކޭމްޕްކުރިއިރު، ގައުމީޓީމަށް ވަނީ އިތުރަށް ތިން ކުޅުންތެރިޔަކަށް ފުރުސަތު ދީފައެވެ. މިފަހަރުގެ ޕްރިލިމިނަރީ ސްކޮޑުން އަލަށް ފުރުސަތު ދީފައިވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް އާއި ޔުނައިޓެޑް ވިކްޓްރީއަށް ކުޅެމުން އަންނަ ނާޖިހު އަލީ (ނާޖީ) އާއި އެޓީމުގެ ފޯވާޑް އަލީ ހައިޝަމް (ޗުމްޕު) އެވެ.

އިޝްތިހާރު full width ad 1200 x 150

ހޮޓެލް ޖެންގައި 25 ކުޅުންތެރިންނާއި 8 އޮފިޝަލުންނާ އެކު ގައުމީ ފުޓްބޯޅަ ޓީމް އިއްޔެ ކޭޕްމްކުރިއިރު ކޮލިފައިން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޗައިނާގައި މިމަހުގެ 30 އިން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސެންޓްރަލައިޒްކޮށެވެ.

މިހާރު ނަގާފައިވާ ޕްރިލިމިނަރީ ސްކޮޑް ފައިނަލް ކުރުމަށް އެފްއޭއެމުން ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ޗައިނާ އަށް ފުރުމުގެ ކުރިންނެވެ. ފުރުމުގެ ކުރިން އެފްއޭއެމުން ފައިނަލްކުރި ކުރި ސްކޮޑް ރަސްމީކޮށް މީޑިއާތަކާ ހިއްސާކުރާނެ އެވެ.

Capture 2

ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ޗައިނާ އާއި ސީރިއާގެ އިތުރުން ގުއާމް އަދި ފިލިޕީންސެވެ.

ރާއްޖެ ހިމެނޭ ގުރޫޕް އޭގެ އެއް ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ސީރިއާއެވެ. ދެ ވަނައިގައި އޮތް  ޗައިނާއާއި ފިލިޕީންސަށް ވެސް ޕޮއިންޓު ލިބިފައިވަނީ އެއްވަރަކަށެވެ. މީގެން ކޮންމެ ޓީމަކަށް ވެސް ހަތް ޕޮއިންޓް ލިބިފައިވެއެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރިލިބެނީ ޗައިނާއަށެވެ. މި ގްރޫޕުގެ ހަތަރުވަނަ ރާއްޖެ އަށް ލިބިފައިވާއިރު މި ގުރޫޕގެ އެންމެ ފުލުގައި އޮތީ ގުއާމްއެވެ.

ކޮލިފައިންގައި ރާއްޖެ އަށް ތިން މެޗު ބާކީ އޮތްއިރު، ފުރަތަމަ މެޗު ކުޅޭނީ އަން ޖޫން މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށެވެ. އަދި ޖޫން ހަތް ވަނަ ދުވަހު ކުޅޭނީ ސީރިއާއާ ދެކޮޅަށެވެ. އަދި ޖޫން 15 ވަނަ ދުވަހު ކުޅޭނީ ފިލިޕީންސާ ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.