ރޮނާލްޑޯ ރިޓަޔާ ކުރާކަށް ބޭނުމެއް ނުވޭ، ބޭނުމީ އަދިވެސް ގިނަ ކާމިޔާބީ
ދުނިޔޭގެ އެންމެ މަޝްޙޫރު ފުޓްބޯޅަ ތަރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލް އާއި އިޓަލީގެ ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަދިވެސް ދުނިޔޭގެ އެންމެ މަތީ ފައްތީގައި ގުނާލެވޭ ކުޅުންތެރިއެކެވެ. މިހާރު އުމުުރުން 36 އަހަރު ވެފައި ވީނަމަވެސް އުމުރުން އެންމެ ޒުވާން އުމުރުގެ ކުޅުންތެރިންނާއި އެއްފެންވަރެއްގައި ރޮނާލްޑޯ ހިފަހައްޓަމުން އަންނަކަމީ ދުނިޔޭގައި ފުޓްބޯޅައަށް ލޯބިކުރާ ހަމަކޮންމެ މީހަކުވެސް ގަބޫލުކުރާނެ ހަޤީޤަތެކެވެ.
ގިނަ ބަޔަކު ގަބޫލް ކުރާ ހަޤީޤަތަކީ އިޓަލީގައި ރޮނާލްޑޯ ހޭދަކުރަމުންދާ ދުވަސްތަކަކީ އޭނާގެ ފުޓްބޯޅައިގެ ކެރިއަރުގައި އެންމެ ނާކާމިޔާބު ދުވަސްތަކެވެ. ޗެމްޕިއަންސް ލީގުގެ ފުޓްބޯޅަ މުބާރާތުގެ ރަސްގެފާނުގެ ގޮތުގައި ބެލެވިފައިވާ ރޮނާލްޑޯއަށް ޔުވެންޓަސްއާއި އެކު ހޭދަކުރި ތިން ސީޒަނުގައިވެސް ރޮނާލްޑޯއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. 2018 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑުން ރެކޯޑް އަގަކަށް ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވީ އެކުލަބާއި އެކު ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމަށް ކަމަށް ބުނެވެއެވެ. ނަމަވެސް އެކަން ކާމިޔާބުވާނެ ގޮތެއް އަދިނުވެއެވެ. ކަން މިހެން ހުރިނަމަވެސް ރޮނާލްޑޯގެ ލަނޑުޖެހުމުގެ ހުނަރަކަށް ބަދަލެއް ނާދެއެވެ. މިފަހަރުގެ ސީޒަނުގައިވެސް ރޮނާލްޑޯއަކީ އެ ލީގުގެ ޓޮޕް ސްކޯރާއެވެ.
ބައެއް މީޑިއާ ރިޕޯޓުތަކުން ޚަބަރު ފަތުރާގޮތުގައި 2024 ވަނަ އަހަރު ރޮނާލްޑޯ ފުޓްބޯޅައިގެ މައިދާނުން ދުރައް ޖެހިލާނެއެވެ. 2024 ވަނަ އަހަރުގެ ފަހުން ދެން ރޮނާލްޑޯ ފެނިގެންދާނީ ފުޓްބޯޅައަށް ޚިދުމަތްކުރާ ކޮންމެވެސް އެހެން ދާއިރާއަކުންނެވެ. މިކަމާއި ގުޅިގެން ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފެނާންޑޯ ގޯމޭޒް ބުނެފައިވާ ގޮތުގައި ރޮނާލްޑޯގެ ނިންމުން ބަދަލުކުރާނެ ދުވަހެއް އަދި ނޭންގެއެވެ. ހަމަ ޖަގީނުންވެސް އުރުން 40 އަހަރު ވަންދެން ރޮނާލްޑޯ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާނެއެވެ. ރޮނާލްޑޯ މިހާރުވެސް ޕޯޗުގަލްގެ ގައުމީޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހަރަކާތްތެރިވާތާ ދިހަވަރަކަށް އަހަރުވެއްޖެއެވެ. އަދިވެސް ޓީމުގެ އެހެން ޒުވާން ކުޅުންތެރިންނަށް ވުރެ ރޮނާލްޑޯ އުޅެނީ އުހުގައިކަމަށް ފެނާންޑޯ ގޯމޭސް ބުނެފައިވެއެވެ.
ސަންޓޯސް އިތުރަށް ބުނިގޮތުގައި ޕޯޗުގަލްގެ ގައުމީޓީމާއި އެކު ރޮނާލްޑޯ 2024 ވަނަ އަހަރާއި ހަމައަށް ދެމިހުންނާނެއެވެ. ސަންޓޯސް ބުނީ އޭނާވެސް ޕޯޗުގަލްގެ ފުޓްބޯޅަ އިދާރާގެ ރައީސްކަމުގެ ދައުރު ނިމޭނީ 2024 ވަނަ އަހަރުގައި ކަމަށާއި އޭނާ ހުރިހާ ދުވަހަކު ރޮނާލްޑޯ ގައުމީޓީމުގައި ދެމިހުންނާނޭ ކަމަށެވެ. ނަމަވެސް ރޮނާލްޑޯ ބުނެފައިވާ ގޮތުން އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ފަހު އޭނާ ބައިނަލްއަޤުވާމީ ފުޓްބޯޅައިން ވަކިވާނެއެވެ. އެއީ ބައިނަލްއަޤުވާމީ ގޮތުން އޭނާ ކުޅޭނެ އެންމެ ފަހު މުބާރާތަކަމަށް އޭނާ ވަނީ ކުރިން ބުނެފައެވެ.
މިއީ ރޮނާލްދޯގެ ފުޓްބޯޅަ ކެރިއަރާއި ގުޅުވައިގެން ހައްތާވެސް ދުނިޔޭގެ މީޑިއާތަކުގައި ދެކެވެމުން އަންނަ ވާހަކަތަކެވެ. ރޮނާލްޑޯ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ކަންތައް ނިމްމާނެ ގޮތެއް ހަމަ އެއްވެސް މީހަކަށް ނޭންގެއެވެ. މިވާހަކަތަކަށް ރޮނާލްޑޯ ގެ ފަަރާތުން އެއްވެސް ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ކޮންމެ ގޮތެއްވިޔަސް ރޮނާލްޑޯގެ ފޭނުންވެސް އެނެމް ބޮޑަށް ބޭނުންވަނީ ރޮނާލްޑޯ ގެ ކުޅުން ފުޓްބޯޅަ ދަނޑުތަކުން ދިގުމުއްދަތެއް ވަންދެން ފެނިގެން ދިއުމެވެ. ބެލެވޭ ގޮތުގައި ރޮނާލްޑޯ އުރުން 40 އަހަރުވަންދެން ކުޅޭނެއެވެ. ރޮނާލްޑޯ ވަނީ އޭނާއަށް 40 އަހަރު ވަންދެން ކުޅެވިދާނެ ކަމަށް ބުނެފައެވެ. މިއީ ރޮނާލްޑޯގެ ފޭނުންނަށް ބޮޑު ހިތްހަމަ ޖެހުމެއް ގެނުވާނެ ވާހައެއްކަން ޔަގީނެވެ.
މީގެ ކުރިން ނިމިގެން ދިޔަ އަހަރު ޕޯޗްގަލްގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނެފައިވަނީ 2021 ވަނަ އަހަރަށްފަހު ފުޓްބޯޅައިން ރިޓަޔާ ކުރަން ވިސްނާ ކަމަށެވެ. އެހެންނަމަވެސް އުމުރުން 40 ނުވަތަ 41 އަހަރު ވަންދެން އޭނާ އަށް ކުޅެވިދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. މިހާރު އުމުރުން 36 އަހަރުގެ ފޯވަޑް ބުނީ ކުޅުން ހުއްޓާލާނެ އިރެއް އޭނާ އަށް އަދި ބުންނަ ނޭންގޭ ކަމަށެވެ.
”އަހަރެން ކުޅުން ހުއްޓާލާނެ އިރެއް އަހަންނަކަށް ނޭންގެ، އަހަރެން އެކަމަކާ ނުވިސްނަން، އެހެންނަމަވެސް އެއީ މާ ދުރުގައިވެސް އޮތް ކަމެއް ނޫން،“ އިންޓަވިއުގައި ރޮނާލްޑޯ ބުންޏެވެ. ”ފަހަރެއްގައި 2021 ވަނަ އަހަރަށް ފަހު އަހަރެންގެ ކެރިއާ ނިންމާލަން ޖެހިދާނެ، އެކަމަކު 40 ނުވަތަ 41 އަހަރު ވަންދެން އަހަންނަށް ކުޅެވިދާނެ.“ މިނިޔަ އަހަރު ރޮނާލްޑޯގެ އިންޓަވިއުގައި އޭނާ ބުނެފައިވެއެވެ.
ރޮނާލްޑޯ ބުނީ އެނާ މަސައްކަތް ކުރަމުން ދަނީ އާ ޗެލެންޖުތަކާއި ކުރިމަތިލައި ގިނަ ރެކޯޑު ތަކެއް ކުރިއަށް އޮތް ތަނުގައި ގާއިމު ކުރުމަށް ކަމަށެވެ.
ރޮނާލްޑޯ އަކީ 5 ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަން ހޯދާ އަދި ޗެންޕިއަންސް ލީގު 5 ފަހަރު ހޯދުމުގެ އިތުރުން އިންޑަވިޖުއަލް ގިނަ އެވޯޑުތަކެއް ހޯދާފައިވާ މޮޅު ކުޅުންތެރި އެކެވެ. އަދީ އޭނާ ޗެންޕިއަންސް ލީގު ރެއާލް މެޑްރިޑާއެކު ހަތަރު ފަހަރު އަދި މެންޗެސްޓާ ޔުނައިޓެޑާ އެކު އެއް ފަހަރު ޗެމްޕިއަނަސް ލީގުގެ ތަށި ހޯދާފައިވެއެވެ.