ޚަބަރު ފީތާ

ހޯބަހަކުން އެފްސީ އަތުން ތަފާތު ބޮޑުކޮށް ބަލިވެ ކިމް އެފްސީ މުބާރާތުން ކަޓައިފި

މިހާރު ކުރިޔައްދާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 2016 ފުޓްސަލް ޗެލެން މުބާރާތުގައި މިއަދި ހަވީރު ހޯބަހަކުން އެފްސީ އާއި ކިމް އެފްސީ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ ކިމް އެފްސީ މުބާރާތުން އަލްވަދާއު ކިޔަންޖެހިއްޖެއެވެ.

yageen

މިއަދު ހަވީރު ހުޅުލެ އާރްއެޗްކިއު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުން ކިމް އެފްސީ ބަލިވެފައިވަނީ ހޯބަހަކުން އެފްސީ އާ ބައްދަލުކޮށް 02-12 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މީ މިފަހަރުގެ މި މުބާރާތުގައި ޓީމެއް މިހާ ތަފާތު ބޮޑުނަތީޖާއަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

މިއަދުގެ މެޗުން ބަލިވެ ކިމް އެފްސީ މުބާރާތާ އަލްވަދާއު ކިޔާފައިވާއިރު އެޓީމު ކަޓާފައިވަނީ ކުޅުނު ދެމެޗުންވެސް ބަލިވެގެންނެވެ.

hoaba

ކިމް އެފްސީ އަތުން މިއަދު މޮޅުވި ހޯބަހަކުން އެފްސީއަށް މި މެޗު ކާމިޔާބުކުރުމާއި އެކު އެޓީމަށް ވަނީ ދެވަނަ ބުރުގެ ފުރުސަތު ލިބިގެންގޮސްފައެވެ. އެޓީމު ވަނީ ތިން ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަައް ޖެހިލާފައެވެ.

އެހެންނަމަވެސް ދެން ކުޅޭ މެޗުން ހޯބަހަކުން އެފްސީ މޮޅުވުން ނޫންގޮތެއް އެޓީމަކަށް ނޯންނާނެއެވެ. އެޓީމު ދެން ކުޅޭ މެޗުން ބަލިވެއްޖެނަމަ މުބާރާތާއި އަލްވަދާއު ކިޔަންޖެހޭނެއެވެ.

hd

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ހޯބަހަކުން އެފްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑުޖަހާ ލީޑުނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސުޖާދު އެވެ. އޭގެ ހަތަރު މިނެޓުފަހުން ސުޖާދު ވަނީ ހޯބަހަކުން އެފްސީގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ.

އޭގެ ހަތަރު މިނެޓު ފަހުން އެޓީމުގެ ތިންވަނަ ލަނޑުޖަހާ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ފަތުހުﷲ އާދަމްއެވެ. ފަތުހުﷲ އާދަމް މި ލަނޑު ކާމިޔާބުކުރީ ސުޖާދު ނަގައިދިން ޕާކަނުން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.

hs

ހޯބަހަކުން އެފްސީގެ ހަތަރުވަނަ ލަނޑާ ފަސްވަނަ ލަނޑުވެސް އަދި ހަވަނަ ލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ފަތުހުﷲ އާދަމްއެވެ. އޭނާ ވަނީ މިމެޗުގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ކާމިޔާބު ކޮށް މި މެޗުގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 6 ލަނޑުގެ ލީޑެއްގައި ހޯބަހަކުން އެފްސީ އޮވެގެންނެވެ.

ފަހުހާފަށް ކުޅެން ނިކުމެ ހާފުގެ ވަރަށް ކުރީކޮޅު ފަތުހުﷲ އާދަމް ވަނީ ހޯބަހަކުން އެފްސީގެ ހަތްވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

އޭގެ މިނެޓެއް ފަހުން ސުޖާދު ވަނީ ލަނޑެއް ޖަހާ މެޗުގައި އޭނާ ޖެހި ލަނޑުގެ އަދަދު 3 އަށް ބަދަލު ކޮށް މެޗުގައި ހެޓްރިކް ހަދާފައެވެ. އޭގެ އިރުކޮޅެއްފަހުން ހޯބަހަކުންގެ ނުވަވަނަ ލަނޑުވެސް ޖަހާދީފައިވަނީ ސުޖާދުއެވެ.

ހޯބަހަކުން އެފްސީގެ ދިހަވަނަ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އިބުރާހިމް ޝާރިއު (ޗީފް) އެވެ.

އެޓީމުގެ ފަހު ދެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ ފުރަތަމަ ހެޓްރިކް ހެދި ފަތުހުﷲ އާދަމްއެވެ.

އޭނާ ވަނީ މި މެޗުގައި ޖުމަލް 7 ލަނޑުޖަހާފައެވެ. މީ މިފަހަރުގެ މި މުބާރާތުގައި އެއް ކުޅުންތެރިއަކު މިއަދަދަށް މިހާގިނައިން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއާއެވެ.

ކިމް އެފްސީ އިން މި މެޗުގައި ޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ ފަހުހާފުގައެވެ. އެޓީމުގެ ލަނޑުތައް ޖަހައިދިނީ އަނީސް އަދި ތޯރިޤު (ތޯއްޓޭ) އެވެ.

މި މެޗުގެ މޮޅުކުޅުންތެރި އަކަށް ހޮވިފައިވަނީ މެޗުގައި މޮޅުކުޅުމެއްދައްދާ މެޗުގައި 7 ލަނޑުޖަހައިދިން ފަތުހުﷲ އާދަމްއެވެ.

hhshs

މާދަމާ ވެސް މި މުބާރާތުގެ މެޗެއް ކުޅެވޭނެއެވެ. މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ ދެޓީމު ކަމުގައިވާ މި ގުރޫޕުގެ އެއްވަނާގައި 3 ޕޮއިންޓާއެކު އޮތް އަޑަފި އެފްސީ އާއި އެފްސީ ބުރޭކް އެވެ.

މި މެޗުވެސް ފެށޭނީ މާދަމާ ހަވީރު 4:30 ހައި ހުޅުލެ އާރުއެޗްކިއު ދަނޑުގައެވެ.

Rate this post

ޚިޔާލު 1 on "ހޯބަހަކުން އެފްސީ އަތުން ތަފާތު ބޮޑުކޮށް ބަލިވެ ކިމް އެފްސީ މުބާރާތުން ކަޓައިފި"

  1. މި މުބާރާތުގެ ޓީމުތަށް ބަހާފަ އޮތީ ވަކިބަޔަކު ބޭނުންވާ ގޮތަށް. މީގެ ކުރިން ސެކިއުރިޓީ މުބާރާތެއްގަ މިހާވަރަށް ބައެއްގެ ކޮޅަށް ލަނޑު ޖެހިފައެއް ނުވޭ. މިފަހަރު ފާހަގަކުރެވޭ ވަކި ޓީމުތަކަކަށް ބައެއްގެ ނުފޫޒުން މޮޅު ކުޅުންތެރިން ނަގާފަވާކަން. މުޢުތަބަރު ފަރާތަކުން މަޢުލޫމާތު ލިބުނުގޮތުގައި ވަކި ބަޔަކު ތަށީގަ ހިފަން ކޮށްފަ އޮތްކަމެއް. އެހެންނަމަވެސް އެމީހުނަށް ތަށި ނުލިބޭނެކަމަށްވެސް އެފަރާތުންބުނޭ.

Comments are closed.