ޒީނާރުގެ އައު އަދަދެއް ނެރެފި

”ޒީނާރު“ ގެ އައު އަދަދެއް މިއަދު ނެރެފި އެވެ.

އަލް މަރްޙޫމާ ނާއިލާ އިބްރާހިމް ކަލޭފާނުގެ ހަނދާނުގައި މި އަދަދު މިއަދު ނެރެދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހްމަދުއެވެ.

އިޝްތިހާރު full width ad 1200 x 150

މެޑަމް ފަޒްނާ ލޯންޗުކުރައްވާފާއިވާ ”ޒީނާރު“ ގެ އާ އަދަދަކީ ނާއިލާގެ ދެ ދަރިކަނބަލުންނާއި، އެކަމަނާ އަމީނިއްޔާ ސްކޫލުގައި ކިޔަވައިދެއްވި ދަރިވަރުންގެ ހަދާނުގައި ނެރުއްވާފައިވާ ފޮތެކެވެ.

”ޒީނާރު“ ގެ އެންމެ ފަހުގެ އަދަދު ޕަބްލިޝް ކޮށްފައިވަނީ ނާއިލާ އިބްރާހިމް ކަލޭފާނުގެ ދަރިކަނބަލެކެވެ.

މެޑަމް ފަޒްނާ ”ޒީނާރު“ ފޮތް މިއަދު ލޯންޗުކޮށްދެއްވަމުން ވަނީ ނާއިލާ އިބްރާހިމް ކަލޭފާނު ކޮށްދެއްވާފާއިވާ ގިނަގުނަ ޚިދުމަތްތަކުގެ ހަނދާންތައް އާކުރައްވާފައެވެ. މެޑަމް ފަޒްނާ ވަނީ ގިނަ އަދަދެއްގެ ކުދިން ޒުވާނުންނަށްވެ، ދުނިޔެއަށް ނިކުތުމުގައި ކުރި ދަތުރުގައި އެކުދިންނަށް ވެދެއްވާފައިވާ އެހީއާއި ގުރުބާނީއަށް މަރުހޫމާ ނާއިލާ އިބްރާހިމް ކަލޭފާނަށް ތައުރީފްކުރައްވާފައެވެ.

މީގެއިތުރުން ނާއިލާ އިބްރާހިމް ކަލޭފާނު މުޖްތަމައުގައި ދެ ޖިންސުގެ ހަމަހަމަކަން ހޯއްދަވައި ދެއްވުމަށާއި، ދެޖިންސުގެ ހަމަހަމަކަމުގެ މުހިންމު ކަމަށް މީހުން އަހުލުވެރި ކުރުވުމަށް ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

މެޑަމް ފަޒްނާގެ ވާހަކަފުޅު ނިންމަވާލެއްވީ ނާއިލާ އިބްރާހިމް ކަލޭފާނުގެ ”ޒީނާރު“ ފޮތަކީ މުޖްތަމައުގެ ގިނަބަޔަކަށް އޭގެ ބޭނުން ހިފިގެންދާނެ ފޮތެއްކަމުގައި ވިދާޅުވަމުންނެވެ.

”ޒީނަރު“ މި ފޮތުގައި ގިނަ އަދަދެއްގެ ދިވެހި ރަހަތަކުގެ ކާނާ ތައްޔާރުކުރާނެ ގޮތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގެ ބައެއް ކާބޯތަކެތި ތައްޔާރު ކުރާނެ ގޮތް ވެސް ހިމަނާފައިވެއެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު (72އ) އަވަހާރަވެފައިވަނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުއެވެ. އެކަމަނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، އޭޑީކޭ ހޮސްޕިޓަލުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.