އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާ ދެއްވައިފި

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އެމަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާއިން މަންފާވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ ލިސްޓުގައި އޭނާގެ ނަން ހިމެނިފައި ވަނިކޮށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިކަމާއިގުޅިގެން ޒިޔަތު ވިދާޅުވެފައިވަނީ 2014 ވަނަ އަހަރު އޭނާއަށް ލިބިލެއްވި މި ފައިސާއަކީ އެ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި، ހުޅު ހެންވޭރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި އޭނާ ވާދަކުރިއިރު ކެމްޕޭނަށް ޕީޕީއެމްއިން ދީފައިވާ ފައިސާ ކަމަށެވެ.

އެފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާކަން އޭރު އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަނާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް ޒިޔާތު ވަނީ ވިދާޅުވެފަ އެވެ.

”މި މައްސަލާގައި އެއްވެސް އިދާރާއަކުން އަޅުގަނޑާ ސުވާލު ކޮށްފައެއް ނުވޭ. އަދި ޚިޔާނާތުން މަންފާވި މީހުންގެ ލިސްޓެއްގައި އަޅުގަނޑުގެ ނަން އެއްވެސް އިރެއްގައި ހިމެނިފައިވާކަން އެނގިފައެއް ވެސް ނުވޭ.“ ޒިޔާތު ވިދާޅުވެފައި ވެއެވެ.

ހުޅު ހެންވޭރު ދާއިރާއާށް 2014 ވަނަ އަހަރު ވާދަކުރައްވައި ނާކާމިޔާބު ވެވަޑައިގެންނެވި ޒިޔާތު އޮޑިޓަރ ޖެނެރަލްގެ މަގާމަށް އައްޔަނުކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 24 ނޮވެމްބަރު 2014 ގައެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއެކު އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އޭނާގެ އާއިލީ ބޭފުޅެއް ކަމަށްވާ އަބްދުﷲ ޒިޔާތުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.