ހއ އަތޮޅުން، ތ އަތޮޅަށް ރީނދޫ ސަމާލު ނެރެފި
ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ހއ އަތޮޅުން، ތ އަތޮޅަށް ރީނދޫ ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ބުނީ އެސަރަހައްދުގެ ރަަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުރުރާނެކަމަަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަނދަވެ، ކަނޑުތައް ގަދަވާނެކަަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ އެހެން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
”ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ.“ މެޓް އޮފީހުން ބުނެފައި ވެއެވެ.
ދިޔަވަރު ބޮޑުގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
އެހެންކަމުން ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.