ކޮވިޑް-19 އިން ސަލާމަތް ވުމަށް އިންޑިއާ ބަޔަކު ގެރީގެ ބޮޑުކަމުދާ ތަކެތި ގައިގައި އުނގުޅައިފި
ކޮވިޑް-19ގެ ނުރައްކާ އިންޑިއާގައި ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެ ބަލިން ސަލާމަތްވުމަށް އިންޑިއާބަޔަކު މުޅި ގައިގަ ގެރީގެ ބޮޑުކަމުދާ ތަކެތި އުނގުޅައިފިއެވެ.
އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ ހިންދޫ ދީނުގެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް ބަލިން ސަލާމަތްވުމަށް ހަފްތާއަކު އެއްދުވަހު ގެރީގެ ބޮޑުކަމުދާ ތަކެތި މުޅިގައިގައި އުނގުޅައެވެ. އަދި އެމީހުން ބުނާގޮތުގައި މިކަން މިގޮތަށް ކުރުމުން ކޮވިޑް ނުޖެހި ސަލާމަތް ވެއެވެ.
އަދި މިމީހުން ގެރީގެ ގުއި ގައިގަ އުނގުޅުމަށް ފަހު ގެރީގެ ކުޑަކަމުދާ ތަކެތި ވެސް ބޮއެ ހަދައެވެ. މި މީހުން ބުނާގޮތުގައި ޑޮކްޓަރީ ބޭހަށްވުރެ މިތަކެތި މާ ރައްކާތެރިއެވެ. އެގޮތުން މިތަކެތި ބޭނުން ކޮށްގެން ކޮވިޑް ބަލި ޖެހިފައިވާ މީހުންނަށް ޒިޔާރަތް ކުރިނަމަވެސް އެބަލި އެމީހުންނަށް ނުޖެހެއެވެ.
ގެރި އަކީ އެމީހުންނަށް ވަރަށް މާތް އެއްޗެއް ކަމަށް ދެކޭއިރު، މީގެ ކުރިން ގޭތެރެއާއި އެހެނިހެން ތަންތަން ސަފުކުރުމަށްވެސް ގެރީގެ ބޮޑުކަމުތާ ތަކެއްޗާއި ކުދަކަމުދާ ތަކެތި ބޭނުން ކޮށް ހަދައެވެ.
މި ކަމާއި ގުޅިގެން އިންޑިއާގެ ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ގެރީގެ ބޮޑުކަމުދާތަކެއްޗާއި ކުޑަކަމުދާ ތަކެއްޗަކީ އޭގައި އެއްވެސް ރައްކާތެރިކަމެއް ހުރި އެއްޗެއްނޫން ކަމަށް ސައިންޓިފިކް ހޯދުންތަކުން ދައްކައެވެ. އެހެން ކަމުން މިފަދަ ތަކެތި އިންސާނުން ބޭނުންކޮށް ހެދުމަކީ ސިއްޚީ ގޮތުން ވަރަށް ނުރައްކާތެރި ކަމެއް ކަމުގައިވެސް އިންޑިއާގެ ޑޮކްޓަރުން ހާމަކުރެއެވެ.