މާލެ ސަރަހައްދުގައި ޢީދު ނަމާދު ބޮޑުޖަމާޢަތުގައި މިއަހަރު ނުކުރާނެ: މިނިސްޓްރީ

މާލެ ސަރަހައްދުގައި ޢީދު ނަމާދު ބޮޑުޖަމާޢަތުގައި މިއަހަރު ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ ކޮވިޑުގެ ހާލަތު ގޯސްވަމުންދާތީ ކަމަށެވެ.

އިޝްތިހާރު Below Header ad

އިސްލާމިކް މިނިސްޓްރީން މިގޮތަށް ނިންމާފައިވާ އިރު، ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑުގެ ކޭސްތައް ފެންނަ މިންވަރު އަންނަނީ އިތުރުވަމުން ނެވެ.

އެގޮތުން ފާއިތުވި މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައި ހުރި އިރު، އެ އަދަދުތައް 600 އިން މައްޗަށް އެރުމަށްފަހު، ކޭސްތައް 700 އިން މައްޗަށް ވެސް ވަނީ އަރާފަ އެވެ. އަދި ފާއިތުވި 2 ދުވަހު މި ޢަދަދުތައް ހުރީ އެއްހާހުން މަތީގަ އެވެ.

މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާތީ، ޚާއްސަ ފިޔަވަޅުތަކެއް ވެސް ވަނީ އަޅަން ފަށާފަ އެވެ. އެގޮތުން ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގާފައިވާ އިރު، ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިންގ ޓްރެކުތައް ވަނީ ބަންދުކޮށްފައެވެ.

މީގެ އިތުރުން ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުންވެސް މަނާކޮށްފައިވާ އިރު، ސުކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ސަރުކާރު އޮފީސްތައްވެސް ދިހަ ދުވަހަށް ބަންދުކޮށް، މާލެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތައް 14 ދުވަހަށް ކަރަންޓީންވާން ޖެހޭ ގޮތަށް ވެސް މިހާރު ވަނީ އުސޫލުތައް ބަދަލުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.