އިންޑިއާ އިން ފެނުނު ވޭރިއަންޓުގެ ނުރައްކާ މިންވަރު ޑަބްލިއުއެޗްއޯ އިން މަތިކޮށްފި

އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ވޭރިއަންޓުގެ ނުރައްކާ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މަތިކޮށްފި އެވެ.

އެގައުމުގައި ފެތުރެމުން އަންނަ B.716.1 ވޭރިއަންޓުގެ ނުރައްވާ ޑަބްލިއުއެޗްއޯ އިން މަތިކޮށްފައި މިވަނީ އެހެން ވޭރިއަންޓަށް ވުރެ، މި ވޭރިއަންޓު ފަސޭހަކަމާއެކު ފެތުރެމުންދާކަން ސިއްހީ މާހިރުން ހާމަކޮށްފައިވަނިކޮށެވެ. އަދި އެ ވޭރިއެންޓާ ދެކޮޅަށް ވެކްސިން މަސައްކަތް ކުރާ މިންވަރު ކުޑަ ކަމަށް ވެސް ބުނަމުން އަންނަ ވަގުތެއްގަ އެވެ.

އިޝްތިހާރު full width ad 1200 x 150

ޑަބްލިޔުއެޗްއޯގެ ސީނިއަރ ސައިންޓިސްޓު މާރިއާ ވަން ކާހޮވް އާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ އެ ވޭރިއެންޓާ ދެކޮޅަށް ވެކްސިނާއި ބޭހާއި ޓެސްޓުތައް މަސައްކަތް ނުކުރާ ކަމުގެ އެއްވެސް ހެއްކެއް އަދި ނެތް ކަމަށެވެ. އެކަމަކު ވެކްސިންގެ އަސަރު ކުރާ މިންވަރު މަދު ކަމަށް ވަނީ ބުނެފަ އެވެ.

އެހެންކަމުން ޑަބްލިޔުއެޗްއޯއިން މިހާރު ވަނީ އެ ވޭރިއެންޓުގެ ނުރައްކާ މިންވަރު ’ވޭރިއެންޓް އޮފް އިންޓެރެސްޓް“ އިން ”ވޭރިއެންޓް އޮފް ކޮންސާން“އަށް މަތިކޮށްފަ އެވެ.

އެގައުމުން ފެނުނު އާ ވޭރިއެންޓުތޯ ބެލުމަށް ސައިންސުވެރިން ދަނީ ދިރާސާތައް ކުރަމުންނެވެ.

އިންޑިއާގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، މަރުވާ މީހުންގެ ހަށިތައް އަންދާ ކްރެމަޓޯރިއަމްތަކާއި ހޮސްޕިޓަލްތައް ފުރިފައިވާ އިރު، ބަލި މީހުންނަށް ބޭނުންވާ އޮކްސިޖަން އާއި ބޭސް ލިބުމުގައި ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އަދި އެގައުމުގައި މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވަނީ އާބާދީގެ އެންމެ 2.5 އިންސައްތަ މީހުން ނެވެ.

ކޮވިޑުގެ ހާލަތާއިގުޅިގެން އިންޑިއާގެ ބައެއް ސަރަހައްދުތައް ފުރަބަންދުކޮށް، ކާފިއު ހިންގާފައިވީނަމަވެސް އެގައުމުގެ އިގުތިސާދަށް ލިބޭނެ ގެއްލުމާ ހެދި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މުޅި ގައުމު ފުރަބަންދު ކުރަން ދެކޮޅު ހައްދަވާފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.