ކާފިއު އާ ޚިލާފުވި 141 މީހުން މިހައިތަނަށް ޖޫރިމަނާ ކޮށްފި

ކާފިއު ވަގުތު ބޭރުގައި އުޅުނު 116 މީހަކާއި ވެހިކަލް ދުއްވި 10 މީހަކު ޖޫރިމަނާކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ވަގުތު ބޭރަށް ނިކުމެ އުޅޭ މީހުން އަދި ހުއްދަ ނެތި އުޅަނދު ދުއްވާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން މަގުމަތީ އަދި އާންމު ތަންތަނުގައި މާސްކު ނާޅާ އުޅުނު 141 މީހަކު މިހައިތަނަށް ޖޫރިމަނާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ކާފިއު ވަގުތު ބޭރުގައި އުޅުނު 116 މީހަކާއި ވެހިކަލް ދުއްވި 10 މީހަކު، އިއްޔެ އެކަނި ވެސް، ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު އާ ޚިލާފުވާ މީހުން ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.