241 ކޮމެޓީން ޢަލީ ޢާޒިމް އިސްތިޢުފާ ދެއްވައިފި

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމެޓީ) ގެ ނައިބު މުގައްރިރުގެ މަގާމު އަދާ ކުރައްވާ 241 ކޮމެޓީން ޢަލީ ޢާޒިމް އިސްތިޢުފާ ދެއްވައިފި އެވެ.

މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މެމްބަރު އަލީ އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ 241 ކޮމިޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

“އެހެންވީމާ ކޮމިޓީގައި އަލީ އާޒިމްގެ ބަދަލުގައި ދެން އިންނަވާނީ އީވާ. އަލީ އާޒިމް ކޮމިޓީން ވަކިވުމާ ގުޅިގެން ނައިބު މުގައްރިރުގެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ ނަގާފަ.” އަސްލަމް ވިދާޅުވި އެވެ.

ހަސަން ލަތީފު އެ މަގާމަށް އައްޔަން ކުރެއްވީ އެއީ ކޮމިޓީގައި ބައިވެރިވި 13 މެމްބަރުންގެ ވޯޓާ އެކު އެވެ.

އަލީ އާޒިމް ކޮމިޓީން ވަކިވި ސީދާ ސަބަބެއް ސާފުވާގޮތެއް އަދިނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.