ބަލިމީހުންނަށް ޒިޔާރަތްކުރުން ހުއްޓާލަން އޭޑީކޭ އިން އަންގައިފި

ބަލިމީހުންނަށް ޒިޔާރަތްކުރުން ހުއްޓާލަން އޭޑީކޭ ހޮސްޕިޓަލުން އަންގައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މިއީ ކޮވިޑުގެ ހާލަތު ގޯސްވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.

އިޝްތިހާރު Below Header ad

“މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް19 ބަލިމަޑުކަމާ ގުޅިގެން، އާންމުންގެ ރައްކާތެރިކަމާއި އަދި ސިއްހީ ޚިދުމަތްދޭ ފަރާތްތަކުގެ ރައްކަލަށްޓަކައި، ބަލިމަޑުކަން ފެތުރެމުންދާ ނިސްބަތަށް ބަލާ ތަފާތު ފިޔަވަޅުތައް އަޅަމުން އަންނަނީ.” އޭޑީކޭއިން ދީފައިވާ ނޫސްބަޔާނެއްގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ހާލަތު އިތުރަށް ގޯސްވަމުންދިއުމާއެކު، ހޮސްޕިޓަލަށް އެނދުމަތިކޮށްގެން ފަރުވާދޭ ބަލި މީހުން ކައިރިއަށް ޒިޔާރަތް ކުރުން ހުއްޓާލާފައިވާ ކަމަށާއި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އެހީތެރިއެއްގެ ގޮތުގައި ދެން މަޑުކުރެވޭނީ އެންމެ ފަރާތަކަށް ކަމަށް ވެސް އެ ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމީހަކީ ކޮވިޑް-19ގެ އަލާމާތެއް ނެތް މީހަކަށް ވާންވާނެ ކަމަށާއި ބަލިމީހުންނާއި ސިއްހީ ޚިދުމަތްތެރިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި، މިކަމުގައި އާންމުންގެ އެއްބާރުލުން ކޮންމެހެންވެސް ބޭނުންވާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ބަލި މީހުން ކައިރީ ތިބުމަށް ހޮސްޕިޓަލުން ހުއްދަ ދީފައިވާ ފަރާތްތައް ފިޔަވައި އެހެން ބޭފުޅުން ހޮސްޕިޓަލަށް ނުދިއުމަށް ވެސް އޭޑީކޭ އިން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.