ގައްދޫ ވެސް މޮނިޓަރިން އަށް ލައިފި

ގދ. ގައްދޫ މޮނީޓަރިންގެ ހާލަތަށް ލައިފި އެވެ.

އެރަށް މޮނިޓަރިންގއަށް ލާފައިވަނީ ތިން މީހަކު ޕޮޒިޓިވްވެގެން ނެވެ.

އިޝްތިހާރު Below Header ad

އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި ފިރިހެނެއް ކަމަށާއި އެމީހާގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެރަށުގައި ހުންނަ އެޗްޕީއޭ ފޯކަލް ޕޮއިންޓުން ވަނީ ބުނެފަ އެވެ.

އެމީހާގެ ކޮންޓެކްޓުންގެ ތެރެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު ދެމީހަކުވެސް ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެ ތިން މީހުން ޕޮޒިޓިވްކަން އެނގުނީ މިއަދު ކަމަށާއި އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާތަނަށް 21 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން ތިން މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށްވެސް އެފަރާތުން ބުނެފައި ވެއެވެ. އަދި އެރަށުން ފުރަތަމަ ޕޮޒިޓިވްވި މީހާ ކަރަންޓީނުގެ އުސޫލާ ޚިލާފުވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.