ފެރީ އާއި ބަސްދަތުރުތައް އޮންނަ ގަޑިއަށް ބަދަލު ގެނެސްފި

ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފެރީ އާއި ބަސްދަތުރުތައް އޮންނަ ގަޑިއަށް ބަދަލު ގެނެސްފި އެވެ.

އެގޮތުން ބަސް ދަތުރުގެ އެންމެ ފަހު ދަތުރު މިހާރު އޮންނާނީ ރޭގަނޑު 9:00 އާ ހަމައަށެވެ.

އިޝްތިހާރު Below Header ad

އެހެންކަމުން އޮފީސްތަކުގެ މަސައްކަތްތަކާއި އެހެނިހެން ކަންކަން ހަމަޖެއްސުމުގައިވެސް މިކަމަށް ސަމާލުކަން ދީގެން މަސައްކަތްތައް ރޭވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މަގުމައްޗަށް ނިކުމެވޭ ގަޑިތަކުގައި ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް ޖަމާވާ މަންޒަރު ފެންނަމުންދާ ކަމަށާއި ގިނަ އަދަދަކަށް ކުޑަކުދިންވެސް މަގުމައްޗަށް ނެރޭ މަންޒަރު ފެންނަކަން ފުލުހުން ވަނީ ފާހަގަ ކޮށްފަ އެވެ.

ކުޑަކުދިން މަގު މައްޗަށްނެރެ މީހުން ގިނަވާ ތަންތަނުގައި އެ ކުދިން ނުގެންގުޅުމަށާއި މާރުކޭޓާއި ބާޒާރުމަތީގައިވެސް ގައިދުރު ކަމެއްނެތި މާސްކުނާޅައި ބިދޭސީންނާއި ދިވެހިންވެސް އުޅެމުންދާކަން ފާހަގަކޮށް އެކަން އެގޮތަށް ނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމުގައި ފާހަގަ ކުރެއްވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.