ފީލް ސްރީލަންކާ މައުރަޒު މި މަހުގެ 27ގައި ދަރުބާރުގޭގައި ބާއްވަނީ..

ފީލް ސްރީލަންކާގެ ނަމުގައި ބާއްވާ މައުރަޒު މި އޮކްޓޯބަރ 27ގައި ބޭއްވުމަށް ނިންމައިފިއެވެ.

މުހިއްމު ތިން ދާއިރާއަކުން އަވަށްޓެރި ސްރީލަންކާގައި ލިބެން ހުރި ޚިދުމަތްތަކާއި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ބާއްވާ މި ޚާއްޞަ މައުރަޒު އޮންނާނީ މި އޮކްޓޯބަރ މަހުގެ 27ން 29އަށް ދަރުބާރުގޭގައެވެ.

އިޝްތިހާރު Below Header ad

ސްރީލަންކަން އެއަރލައިންގެ ރާއްޖޭގެ އެޖެންޓްކަން ކުރާ އޭސް އޭވިއޭޝަނުން ބުނީ  މައުރަޒު މެދުވެރިކޮށް ވިޔަފާރި އާއި ތަޢުލީމާއި ޞިއްޙީ ދާއިރާއިން ލަންކާގައި ލިބެން ހުރި ފުރުޞަތުތަކާއި ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ދިވެހި ވިޔަފާރިވެރިންނާއި ޢާންމުންނަށް ފޯރުކޮށް ދޭނެ ކަމަށެވެ.

މައުރަޒު އިންތިޒާމް ކުރާ ފަރާތް ކަމަށްވާ އޭސް އޭވިއޭޝަނުން އިތުރަށް ބުނީ ތިން ބައެއްގެ މައްޗަށް ބިނާކޮށްފައިވާ މި ޙަރަކާތުގެ ވިޔަފާރި އާއި ސިނާޢީ މަސައްކަތްތަކާއި ގުޅޭ ބައި ޚާއްޞަކޮށްފައިވަނީ ވިޔަފާރި އާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ސްރީލަންކާގައި ލިބެން ހުރި ބައެއް ޚިދުމަތްތަކަށް ކަމަށެވެ.

ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި މަޢުލޫމާތު ޙިއްޞާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މި މައުރަޒުގެ ހަވާސާގައި ބިޒްނަސް ފޯރަމަކާއި ފުޑް ފެސްޓިވަލަކާއި މިޔުޒިކް ފެސްޓިވަލެއްވެސް ކުރިއަށް ދާނެ ކަމަށް އެ ފަރާތުން ބުންޏެވެ.

މިއީ އޭސް ޓްރަވަލްސް މޯލްޑިސް އާއި އިނަރ މޯލްޑިވްސް އަދި ސްރީލަންކާގެ އިވެންޓް މެނޭޖްމެންޓް ކުންފުންޏެއްކަމަށްވާ އައިޓްކެން ސްޕެންސް ކޮންވެންޝަންސް އެންޑް އެގްޒިބިޝަންސް ގުޅިގެން ބާއްވާ މައުރަޒެކެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.