
އިންޑިއާ ޓީމު ރާއްޖެ ދޫކޮށް ދިއުމަށް މަހްލޫފް އަންގައިފި
އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗު ކުޅެން ރާއްޖެ އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމު އެނބުރި ގައުމަށް ދިއުމަށް މިނިސްޓަރ މަހްލޫފް ގޮވާލައްވައިފިއެވެ.
މިނިސްޓަރު މަހުލޫފް މިހެން ގޮލާލެއްވީ އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗު ކުޅެން ރާއްޖެ އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން ރަށުތެރެއަށް ނިކުމެ އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުނުންދިއުމާއި ގުޅިގެންނެވެ.
މިވަގުތު ހޮޓެލް ޖެންގައި ކޭމްޕްކޮށްގެން ތިބި ބެންގަލޫރު އެފްސީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބެންގަލޫރު ޓީމު ރާއްޖެ އައިސްފައިވަނީ އިއްޔެ އެވެ.
ކަން މިހެން ހުރި ނަމަވެސް މިއަދު ހަވީރުގެ ވަގުތެއްގައި އެ ޓީމުގެ ބައެއް ކުޅުންތެރިން ހޮޓަލުން ބޭރަށް ނިކުމެ ރަށުތެރޭގައި އުޅޭ މަންޒަރު ދައްކުވައިދޭ ގިނަ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
މި ކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޔޫތް މިނިސްޓަރ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބެންގަލޫރު ޓީމް އެނބުރި ގަމުމަށް ދިއުމަށެވެ. މަހުލޫފުގެ މި ޓްވީޓުގައި ވިދާޅުވެފައިވަނީ މިއީ އެއްގޮަތަކަށްވެސް ގަބޫލް ކުރެވެނެ ކަމެއް ނޫންކަމަށާއި ބެންގަލޫރު އެފްސީއިން ވަނީ އެހްޕީއޭގެ ގައިޑްލައިންއާއި މުޅިން ޚިލާފުވެފަކަމަށެވެ. އެހެން ކަމުން މިވަގުތުން ވަގުތައް ޓީމު އެނބުރި ގައުމަށް ދިއުމަށް މަހުލޫފްވަނީ ގޮވާލައްވާފައެވެ.
“ ބެންގަލޫރު ޓީމުންވަނީ ހެލްތް ޕްރޮޓެކްޝަން އެެޖެންސީ އާއި އޭއެފްސީގެ ގައިޑްލައިންތަކާއި ޚިލާފުވެފައި. މިއީ ބަލައިގަނެވޭނެ ކަމެއްނޫ. ޓީމް ޖެހޭނީ މިހާރުން މިހާރަށް ފުރައިގެންދާން“ މަހުލޫފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އޭއެފްސީން އެކުލަވާލާފައިވާ ގައިޑްލައިން ބުނާ ގޮތުންވެސް ޕްރެކްޓިސް އާއި މެޗުތަކަށް ނޫނީ ހޮޓަލުން ބޭރަށް ނުނިކުމެވޭނެ އެވެ. އަދި އެކަން ކުރަން ޖެހޭނީވެސް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.