ޢުމުރުން 4 އަހަރުގެ ކުއްޖެއްގެ ހުނަރުން ގިނަބަޔަކު ހައިރާން ކޮށްލައިފި

ރަޝިއާގެ ތުއްތު ކުއްޖަކު އޭނާގެ ހުނަރުން ގިނަބަޔަކު ހައިރާން ކޮށްލައިފިއެވެ.

ޢުމުރުން 4 އަހަރުގެ ބެއްލާ ވަނީ ސްޓޭޖު ޝޯވއެއްގައި ތަފާތު 7 ބަހަކުން ވާހަކަ ދައްކާ، ލިޔެފައިވާ ޢިބާރާތްތައް ކިޔާ، ލަވަ ކިޔާފައެވެ، އަދި އެ ހުރިހާ ބަހަކުންވެސް ކުރިމަތިކުރުވި ސުވާލުތަކަށް އެއްވެސް ކުށަކާއިނުލާ ޖަވާބުވެސް ދީފައެވެ.

އިޝްތިހާރު Below Header ad

ބެއްލާ ވަނީ އިނގިރޭސި، ޗައިނީސް، ސްޕެނިޝް، ޖަރމަން، ފްރެންޗު އަދި ޢަރަބި ބަހާއި ރަޝިއަން ބަހުން ވާހަކަ ދައްކާ، ލިޔެފައިވާ ތަކެތި ކިޔާ އޭނާގެ ހުނަރު ދައްކާލާފައެވެ.

bella-2

މި ހުނަރާއި ބެހޭގޮތުން ބެއްލާގެ މަންމަ ޔޫލިއާ ދެވްޔަކިނާ ބުނީ ބެއްލާ ވަރަށް ޅަ ޢުމުރުގައި ވާހަކަ ދައްކަން ފަށައިފި ކަމަށާއި އެންމެ ފުރަތަމަ ދަސްކޮށްދިނީ ރަޝިއާ ބަހާއި އިނގިރޭސި ބަހުން ވާހަކަ ދައްކަން ކަމަށެވެ.

އެއަށްފަހު، ބެއްލާގެ ޝައުޤުވެރިކަން އެކި ބަސްބަހަށް ހުރިކަން ފާހަގަ ކުރެވުމުން މަދުމަދުން ތަފާތު ބަސްބަހުން ވާހަކަ ދައްކަން ދަސްކޮށްދިން ކަމަށް އޭނާގެ މަންމަ ބުންޏެވެ.

bella-4

” ބެއްލާގެ ވަރަށް ޅަ ޢުމުރުގައި ވާހަކަ ދައްކަން ފަށައިފި. އަދި އޭނާގެ (ބެއްލާ) ޝައުޤުވެރިކަން ތަފާތު ބަސްބަހަށް ހުރިކަމަށް ފާހަގަ ކުރެވުމުން ތަފާތު ބަސްބަސް ދައްކޮށްދެމުން މި އަންނަނީ ” ބެއްލާގެ މަންމަ ބުންޏެވެ.

ޔޫލިއާ އިތުރަށް ބުނީ ޢުމުރުން 4 އަހަރުގައި ތަފާތު 7 ބަހުން ވާހަކަ ދައްކާ ލިޔެ، ކިއުމުގެ ހުނަރު ލިބިފައިވާތީ އުފާވާ ކަމަށާއި އަދިވެސް އިތުރު ބަސް ދަސްކުރަން ބެއްލާ ބޭނުން ނަމަ، އެކަން ކޮށްދޭނެ ކަމަށެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.