ދެ ރަށެއްގެ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް ހަވާލުކޮށްފި

ދެ ރަށެއްގެ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް ހަވާލުކޮށްފި އެވެ.

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީން ބުނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީކުރަމުން އަންނަ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން ކ. ކާށިދޫ އަދި ކ. ދިއްފުށީ ދަނޑު ތަރައްގީކުރުމަށް ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހިމްއެވެ. އަދި ޓީ.އޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ތައުފީގްއެވެ.

ދިއްފުށީ ދަނޑުގެ މަސައްކަތް 1،884،901.76 ރުފިޔާއަށް ހަވާލުކޮށްފައިވަނީ ސައިޓު ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 27 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ކާށިދޫ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2،274،907.76 ރުފިޔާއަށެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ސައިޓު ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 35 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.